މަންދު ކޮލެޖުގެ އަންނަ އަހަރުގެ ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

މަންދު ކޮލެޖުގެ އަންނަ އަހަރުގެ ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.

އަންނަ އަހަރުގެ އިންޓޭކުގައި މާސްޓަރ އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) އާއި މާސްޓަރ އޮފް އެޑިއުކޭޝަން (އެމްޑީ)ގެ މުޅިން އާ ކޯސްތަކާއި މާސްޓަރ އޮފް ލެންގުއޭޖް އެޑިއުކޭޝަން އަދި އެމްކިއުއޭ ލެވަލް ތިނެއްގެ ތަފާތު ތިން ކޯހެއްވެސް ހިމެނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެ ކޮލެޖުގެ މާލޭ ކެމްޕަހާއި ވަރޗުއަލް ކެމްޕަހަށްވެސް މިކޯސްތައް ހުޅުވާލެވިފާއިވާ ކަމަށާއި މި ކޯސްތައް ހިންގާނީ އެކަމަށް ޤާބިލް އަދި ފަންނީ ބޭފުޅުން ކަމަށް މަންދު ކޮލެޖުން ބުންޏެވެ.

އަދި ވަރޗުއަލް ކެމްޕަސް މެދުވެރިކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ވަރަށް ގިނަ ޢަދަދެއްގެ ދަރިވަރުން މަތީ ތަޢުލީމު ޙާޞިލް ކުރަމުން އަންނަ ކަމަށާއި ވަރޗުއަލް ކެމްޕަހުގެ ސަބަބުން ވަރަށް ގިނަ ދަރިވަރުންނަށް މާލޭގެ ދިރިއުޅުމަށް ކުރަންޖެހޭ ބޮޑެތި ޚަރަދުތައް ކުޑަކުރެވޭ ކަމަށްވެސް އެ ކޮލެޖުން ބުންޏެވެ.

އުރީދޫ އާއި ގުޅިގެން ކުރިއަށް ގެންދާ ވަރޗުއަލް ކެމްޕަހަކީ އޮންލައިން ކޮށް ކިޔަވާދިނުމަށް އެކޮލެޖުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ކެމްޕަސް މެދުވެރިކޮށް ދަރިވަރުންނާއި ލެކްޗަރާއިންނާއި ލައިވް ސްޓްރީމްކޮށް ގުޅުވާދެއެވެ.

އަލަށް ތަޢާރަފް ކުރި އެމްބީއޭ ކޯހުގެ އިތުރުން މަންދު ކޮލެޖުން އަންނަނީ ތަފާތު ދާއިރާތަކުން ފައުންޑޭޝަން، ޑިޕްލޮމާ، އެޑްވާންސް ޑިޕްލޮމާ އަދި ޑިގްރީ ޕްރޮގްރާމްތައް ހިންގަމުންނެވެ. މި ހުރިހާ ޕްރޮގްރާމަކީވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރާ ކޯސްތަކެކެވެ.

އެ ކޮލެޖުން ފައިބެއަހަރު އިޢުލާންކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ 5 ޔުނިވަރސިޓީ އަށްވުރެ ގިނަ ޔުނިވަރސިޓީ އާއި ގުޅި، މަންދު ކޮލެޖުގެ ސެޓްފިކެޓް ތަކަކީ އެ ޔުނިވަރސިޓީތައް ޤަބޫލު ކުރާ ސެޓްފިކެޓް ތަކެއް ކަމަށެވެ.

އަންނަ އަހަރުގެ އިންޓޭކް ހުރިހާ ކޯސްތަކަށް ވަނުމުގެ ފުރުޞަތުވެސް ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށާއި ކޯހާއިބެހޭ ހުރިހާ މަޢުލޫމާތެއް އެ ކޮލެޖުގެ ވެބްސައިޓުގައި ހުންނާން ކަމަށް މަންދު ކޮލެޖުން ބުންޏެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.