ބައިލެޓަރަލް އެހީގެދަށުން ރާއްޖެއަށް ލިބޭ މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކޮށްފި

ބައިލެޓަރަލް އެހީގެދަށުން ރާއްޖެއަށް ލިބޭ މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ އެފަދަ ފުރުޞަތުތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކި ކޮލެޖުތަކާއި ޔުނިވަރސިޓީތަކާއެކު މަޝްވަރާކޮށް، މި އަހަރުވެސް އާ ފުރުޞަތުތަކެއް ލިބިފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ފުރުޞަތުތަކަށް އިޢުލާނުކޮށް ބައެއް ދަރިވަރުން މިފަދަ ސްކޮލަރޝިޕްތަކުގައި މިހާރުވެސް ކިޔަވަމުން އަންނަ ކަމަށާއި 2017 ވަނަ އަހަރުވެސް މިފަދަ އިތުރު ފުރުޞަތުތަކަށް އިޢުލާން ކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ބައިލެޓަރަލް އެހީގެދަށުން ރާއްޖެއަށް ލިބެމުންދާ މަތީ ތަޢުލީމުގެ ފުރުޞަތުތަކަށް ކުރިމަތިލާ ދަރިވަރުން އިތުރު ކުރުމުގެ ގޮތުން ޑިސްކައުންޓް ރޭޓުތަކުގައި ޓިއުޝަން ފީ ލިބޭ ސްކޮލަރޝިޕްތަކަށް އެދޭ ދަރިވަރުންގެ ތެރެއިން ބޭނުންވާ ދަރުވަރުންނަށް ސަރުކާރުގެ ފަރާތުން އިތުރު ޚަރަދުތައް ލޯނެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް ނިންމާފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އަލަށް ލިބުނު ފުރުޞަތުތަކުގެ އިތުރުންވެސް ޢާންމުކޮށް ލިބެން އަންނަ މަތީ ތަޢުލީމުގެ ގިނަ ފުރުޞަތުތަކަށް މި އަހަރުގެ ތެރޭގައި އިޢުލާނު ކުރާނެ ކަމަށާއި އެގޮތުން ބެޗްލަރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ އަށް ކިޔެވުމުގެ ގިނަ ފުރުޞަތުތަކެއް ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި އަހަރު އަލަށް ލިބުނު ފުރުޞަތުތަކުގެ ތެރޭގައި:

  • ސްރީލަންކާގެ ހޮރައިޒަން ކެމްޕަސް އިން %100 ހިލޭ ޓިއުޝަން ފީ އާއެކު ފުލް 6 ސްކޮލަރޝިޕާއި 50% ޓިއުޝަން ފީ އާއެކު 18 ޕާޝަލް ސްކޮލަރޝިޕް.
  • އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީން އިން %100 ހިލޭ ޓިއުޝަން ފީ އާއެކު ފުލް 5 ސްކޮލަރޝިޕާއި %50 ޓިއުޝަން ފީ އާއެކު 25 ޕާޝަލް ސްކޮލަރޝިޕް.
  • ސްރީލަންކާގެ އެޑިޔުލިންކް އިންޓަރނޭޝަނަލް ކެމްޕަސް އިން %100 ހިލޭ ޓިއުޝަން ފީ އާއެކު ފުލް 1 ސްކޮލަރޝިޕާއި %50 ޓިއުޝަން ފީ އާއެކު 10 ޕާޝަލް ސްކޮލަރޝިޕް.
  • މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވަރސަޓީ އިން %100 ހިލޭ ޓިއުޝަން ފީ އާއެކު ފުލް 5 ސްކޮލަރޝިޕާއި %50 ޓިއުޝަން ފީ އާއެކު 145 ޕާޝަލް ސްކޮލަރޝިޕް ހޮމެނެއެވެ.

 

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.