ޚަބަރު ފީތާ

އަލީގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ 3 ޖަހާ އިރު ބާއްވަނީ!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީޢަތުގެ އަޑު އެހުމެއް މާދަމާ މެންދުރުފަހު 3 ޖަހާ އިރު، ބާއްވަން ތާވަލު ކޮށްފި އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ދައުވާތަކުގެ ތެރެއިން އަޑުއެހުމެއް ބޭއްވުމަށް ތާވަލުކޮށްފައި މިވަނީ، އެ ދައުވާތަކުގެ ޝަރީއަތުގައި އޭނާއަށް އޮންލައިންކޮށް ބައިވެރިވެވޭ ގޮތަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުގެ އިސްތިއުނާފީ މައްސަލަ ހައިކޯޓުން ބޭރުކޮށްލާފައިވާ ދަނޑިވަޅެއްގަ އެވެ.

ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމަކީ މިހާތަނަށް އަމަލުކޮށްފައިވާ އުސޫލެއް ނޫނެވެ.

ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވާން އަލީ ވަޙީދު އެދިފައިވާއިރު، އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް ޖާމިނުވި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީއާއެކު ވެފައިވާ 4 މަސްދުވަހުގެ އެއްބަސްވުމުގެ މުއްދަތު މިހާރުވަނީ ހަމަވެފަ އެވެ.

އަލީ ވަހީދު އުޅޭތަނެއް ނޭނގޭކަމަށް އަސްހަދު ބުނުމުން އޭނާއަށް ފިޔަވަޅު އަޅައިދޭން ޕްރޮސިކިއުޓަރ ޖެނަރަލް ވަނީ ކުރިމިނަލް ކޯޓުގައި އެދިފަ އެވެ. ޖާމިނު އެއްބަސްވުމާއި އަސްއަދު ޚިލާފުވުމަކީ ކޯޓްގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށްވެސް ދައުލަތުން ގަބޫލުކުރެ އެވެ.

ޢަލީ ވަޙީދު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ހުންނެވިއިރު އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ހަތް ދައުވާއެއް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކޯޓަށް ހުށައަޅާފަ އެވެ.

ޢަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާގެ ތެރޭގައި ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ ހިމެނެ އެވެ. އަދި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ ވެސް ހިމެނެ އެވެ.

އަލީ ވަހީދާއި ދެކޮޅަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ 21 އަހަރުގެ ޖަލު ހުކެމެއް އަންނާނެ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: