ޒިޔާ ކައިރިން ޝިދާތާ ވަރިވަނީ!

ދިވެހި ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ) ކައިރިން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވަރިވާން ފެމިލީ ކޯޓަށް ފޯމު ހުށަހަޅުއްވައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޝިދާތާ ފޯމު ހުށަހެޅުއްވީ އަމިއްލައަށް އެގޮތް ބޭނުން ވެގެންނެވެ. އަދި މި މައްސަލައިގަ ފެމިލީ ކޯޓުން އަޑުއެހުމެއް ބާއްވާފައިވާ ކަމަށް ރިޕޯޓުތައ ބުނެ އެވެ.

އިޝްތިހާރު Below Header ad

މިކަމާއި ގުޅިގެން ފުރަތަމަ މީޑިއާގައި ރިޕޯޓު ކޮށްފައިވަނީ ޒިޔާ އާއި ޝިދާތާގެ ވަރިވެފައިވާ ކަމަށެވެ. އެކަމަކު އެކަން ޒިޔާ ވަނީ ދޮގު ކޮށްފައި އެވެ.

ޒިޔާ ބުނެފައިވަނީ އޭނާ އަދި ޝިދާތާ ވަރި ނުކުރާ ކަމަށެވެ. އަދި ދެ މީހުންގެ ދެމެދުގައި މައްސަލައެއް ނޫޅޭ ކަމަށްވެސް ޒިޔާ ބުނެފައިވެ އެވެ.

ޒިޔާ އާއި ޝިދާތާ ކައިވެނި ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. ކައިވެންޏާއި އެކު ބޮޑު ކައިވެނި ހަފްލާއެއް ބާއްވާފާއިރު އެ ދެމީހުން ކައިވެނި ކުރަން އުޅޭކަން އެނގުނީ އެންގޭޖްވި ފޮޓޯތައް އާންމު ވުމާއި އެކު އެވެ.

އެ ދުވަހު ޝިދާތާ ވިދާޅުވެފައިވަނީ އޭނާގެ ހިތް ވަނީ އުފަލުން ފުރިފައި ކަމަށާއި، އެއީ ހަޔާތުގެ އާދަތުރެއްގެ ފެށުން ކަމަށެވެ.

މީގެ ކުރިން ޝިދާތާ ކައިވެންޏެއް ކުރައްވާފައިވާއިރު ޒިޔާ ވަނީ ދެ ކައިވެނި ކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.