ޙައްޖުގެ އަޅުކަން އަދާކުރަން މިއަހަރު ހުއްދަ ލިބުނު މީހުންގެ ލިސްޓު އާންމު ކޮށްފި

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިއަހަރު ފުރުސަތު ލިބުނު 60،000 މީހުންގެ ލިސްޓު ސައުދީ އަރަބިއްޔާގެ ޙައްޖު އަދި އުމްރާއާއި ބެހޭ ވުޒާރާއިން އިއްޔެ އާންމު ކޮށްފި ކަމަށް އެޤައުމުގެ ރަސްމީ ނޫސް އެޖެންސީއިން ބުނެފިއެވެ.

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދީފައިވަނީ ކޮވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވާ ސައުދީގެ ރައްޔިތުންނާއި ސައުދީގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ހޮވާލެވުނު ބަޔަކަށެވެ. ހައްޖަށް ދިއުމަށް ނަންނޯޓް ކުރުމަށް ހުޅުވާލި ޕޯޓަލް ބަންދުކުރުމާއި ހަމައަށް  558،270 ޝަތުރު ހަމަވާ މީހުން ވަނީ ޕޯޓަލް މެދުވެރިކޮށް ނަން ހުށަހަޅާފައެވެ.

އިޝްތިހާރު Below Header ad

ހައްޖާއި ބެހޭ ވުޒާރާއިން ހާމަ ކޮށްފައިވާ ގޮތުގައި، ނަން ހުށަހެޅި މީހުންގެ ތެރެއިން ފުރުސަތު ދީފައިވަނީ ވަކި ޝަރުތުތަކެއް ހަމަވާ މީހުންނަށެވެ. އޭގެތެރޭގައި އުމުރާއި، ވެކްސިން ފުރިހަމަ ކޮށްފައިވޭތޯއާއި، އަދި ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް ތަބާވެފައިވޭތޯ ވެސް ބަލާފައިވެއެވެ. އަދި އަލަށް ޙައްޖަށްދާ މީހުންނަށް އިސްކަން ދީފައިވާނެ ކަމަށްވެސް އެވުޒާރާއިން ހާމަ ކޮށްފައިވެއެވެ.

ހައްޖަށް ދިއުމަށް އެޕްލިކޭޝަން ފޮނުވާފައިވާ 558،270 މީހުންގެ ތެރޭގައި ވަނީ %59 ފިރިހެނުންނާއި %41 އަންހެނުންނެވެ.

Saudi Hajj

 

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ސައުދީގެ ރައްޔިތުންނާއި އަދި ސައުދީގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން 60،000 މީހުންނަށް ފުރުސަތު ދޭނެކަން އަންގާފައި ވަނީ ފާއިތުވި ޖޫން މަހުގައެވެ. ހައްޖު އަދި އުމްރާއާއި ބެހޭ ވުޒާރާއިން ބުނެފައި ވަނީ، ޙައްޖު މަހުގެ 7 އަދި 8 ވަނަ ދުވަހު 4 ހިސާބަކުން ހައްޖާޖީންނަށް މަރުޙަބާ ކިޔައި އެމީހުންނާއި ހަވާލުވާނެ ކަމަށާއި، އެއަށްފަހު ހައްޖާޖީން ޙަރަމްފުޅަށް ތަވާފް ކުރުމަށް ގެންދާނީ ބަހުގައި ކަމަށެވެ. އަދި އެއަށްފަހު ޙައްޖު އަޅުކަމުގެ ދެންހުރި ހުރިހާ ކަމެއްވެސް ރޭވިފައިވާ ގޮތަށް ކޮވިޑްގެ އުސޫލުތަކާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.