ދެ ވަނަ ދައުރުގެ ޖަލްސާތައް ނިންމާ މަޖިލިސް ޗުއްޓީއަށް!
ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ނިންމާ މެމްބަރުން ޗުއްޓީއަށް ވަޑައިގެންނަވައިފި އެވެ.
މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.
މަޖިލިސް ޗުއްޓީއަށް ދިއުމަށް ނިންމާފައިވާތީ، އިއްޔެ މެންދުރު ފަހު ފެށި މަޖިލީހުގެ ޖަލްސާ ނިންމާލީ ރޭ ފަތިހު 4:00 ގަ އެވެ. އަދި އާންމުކޮށް މަޖިލިސް ނުބާއްވާ ދުވަސްކަމަށްވާ، ބުރާސްފަތި ދުވަހު ވެސް ޖަލްސާ ބާއްވައި ގިނަ މައްސަލަތަކެއް ވަނީ ނިންމާފަ އެވެ.
އެގޮތުން އޮޑިޓަރ ޖެނެރަލް އައްޔަން ކުރުމާއި ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ކުރިޔަށް ގެންދިޔަ އިންކުއަރީ ރިޕޯޓު ފާސްކުރުން ހިމެނެ އެވެ.
އެމްޑީޕީން ނިންމަން އަމާޒު ހިފި މަސައްކަތްތަކުގެ ތެރެއިން ފާސް ނުކުރެވުނީ ނަފުރަތުގެ ބިލެވެ.
ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން މިދިޔަ އަހަރުގެ ބޮޑުބައެއްގައި ސްކޫލުތަކުގެ ކިޔެވުން ބޭއްވިފައި ނުވާތީ، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ސްކޫލުތަކުގެ ކިޔެވުން ވަނީ ބާއްވާފަ އެވެ. އަދި ކޮންމެ އަހަރެއްގެ އޮގަސްޓު މަހުން ފެށިގެން ދިރާސީ އަހަރު ފެށޭގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.