ޚަބަރު ފީތާ

ސައިފް އާއި ކަރީނާ ހަގު ދަރިފުޅަށް ކިޔަނީ “ޖޭހް”!

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ހާންގެ ހަގު ދަރިފުޅަށް ނަން ކިޔައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އެ ދެމީހުންގެ ދަރިފުޅަށް މިހާރު އާއިލާތެރޭގައި ގޮވާ އުޅެނީ “ޖޭހް” ގެ ނަމުން ކަމަށް ބުނެ މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ. އެކަމަކު އެ ނަމަކީ ލޯބިން ކިޔާ ނަމެއް ކަމެއް ނުވަތަ އަސްލު ނަން ކަމެއް އަދި ސާފު ނުވާ ކަމަށާއި އެކަމަކު އެ ނަމުން ކުއްޖާއަށް މުހާތަބު ކުރާކަން ކަށަވަރުވެފައިވާ ކަމަށް ބުނެ އެވެ.

ކަރީނާގެ ދޮށީ ދަރިފުޅު ތައިމޫރު އަލީ ހާން އާއި ތަފާތުކޮށް ހަގު ދަރިފުޅު ގެންގުޅެނީ ވަރަށް ފޮރުވައިގެންނެވެ. އެ ކުއްޖާގެ މޫނު ފެންނަ ފޮޓޯއެއްވެސް އަދި މީޑިއާގައި އާންމު ކޮށްފައެއް ނުވެ އެވެ.

އެކަމަކު ކަރީނާގެ ބައްޕަ ރަންދީރު ކަޕޫރު ވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ތައިމުރާއި އިތުރު ކުއްޖެއްގެ ފޮޓޯ ޖައްސައި ކޮލާޖު ހަދާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފައި އެވެ. އަދި އެއީ ކަރީނާގެ ހަގު ދަރިފުޅު ކަމަށް ބުނެފައި ވީނަމަވެސް ފޮޓޯ އަޕްލޯޑު ކުރިތާ ސިކުންތުކޮޅެއްގެ ތެރޭގައި ވަނީ ޑިލީޓް ކޮށްލާފައި އެވެ.

އެވީ ވަގުތުކޮޅުގެ ތެރޭގައިވެސް ގިނަ ބަޔަކު އޭގެ ސްކްރީން ޝޮޓު ނަގާފައިވުމުން ކުއްޖާ ވަނީ އާންމުންނަށް ފެނިފައި އެވެ. އެ ފޮޓޯ އާންމުވުމުން އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުންވެސް އެއީ ހަގު ދަރިފުޅުކަން ކަރީނާ އާއި ސައިފް ޔަގީން ކޮށްދީފައެއް ނުވެ އެވެ.

ކަރީނާ އާއި ސައިފްގެ ދަރިއަކަށް ކިޔާނީ މުސްލިމް ނަމެކެވެ. އެއީ ސައިފްގެ އާއިލާ އަކީ މުސްލިމް އާއިލާއަކަށްވެފައި ތައިމޫރަށް ނަން ކީއިރުވެސް ސައިފް އެގޮތަށް އަމަލުކޮށްފައިވާތީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެހެން ކަމުން ގަބޫލު ކުރެވޭގޮތުގައި މީޑިއާގައި އާންމު ކޮށްފައި މިވަނީ އަސްލު ނަން ކަމަކަށް ނުބެލެވެ އެވެ. ބެލެވޭ ގޮތުގައި އެއީ ލޯބިން އެ ކުއްޖާއަށް ކިޔާ ނަމެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: