ޚަބަރު ފީތާ

އިނގިރޭސިވިލާތުގައި ކޮވިޑަކަށް ދެން ނުބަލާނެ، މާސްކު ނާޅާ އުޅެވޭނެ، ގައިދުރުކޮށް އުޅޭކަށް ނުޖެހޭނެ

އިނގިރޭސިވިލާތުގައި ކޮވިޑް ކޭސްތައް ކިތަންމެ ބޮޑަށް އިތުރުވިޔަސް ވިޔަފަޅުތައް ވަރުގަދަކޮށް ދިގު ދެންމުމުގެ ވިސްނުން ނެތް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ވިދާޅުވެފައި އެވެ.

މި ނިންމުމާއި އެކު އެގައުމު ރައްޔިތުންނަށް ކޮވިޑާއި އެކު ދިރިއުޅުމަށް ދަސްކުރުމަށް އޭނާ ވަނީ ގޮވާލައްވާފައި އެވެ. އިނގިރޭސި ސަރުކާރުން ނިންމާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ހަމަވާ އިންގްލޭންޑްގެ ލޮކްޑައުނަށް ފަހު މުއްދަތު އިތުރު ނުކުރާށެވެ.

އެ ދުވަހަށް މުއްދަތު އިތުރު ކުރީ ޑެލްޓާ ވޭރިއެންޓު ފެތުރެން ފެށުމުންނެވެ. ޑެލްޓާ ވޭރިއެންޓާއި އެކު ކޮވިޑުގެ ކޭސްތައް މިދިޔަ ދެތިން ހަފްތާގައި ވަރަށް ބޮޑަށް ވަނީ އިތުރުވެފައި އެވެ. އެކަމަކު ސަރުކާރުން ބުނީ ގައުމު ހުޅުވާލުމުގެ ނިންމުމަށް ބަދަލު ގެންނަން ނިންމާފައި ނުވާ ކަމަށެވެ.

އަދި މިމަހު ގައުމު ހުޅުވާލާ އިރު އާންމު ތަންތަނުގައި މާސްކު އަޅަން ޖެހޭނީ ބޭނުންނަމަ ކަމަށެވެ. މީގެ އިތުރުން ގައިދުރުކަން ނުބަހައްޓާވެސް މަގުމަތީގައި އުޅޭވޭނެ ކަމަށް ބުނެ އެވެ.

އިނގިރޭސިވިލާތުން ބުނީ ގައުމު ހުޅުވާލުމުން ކޮވިޑުގެ ކޭސްތައް އިންތިހާއަށް އިތުރުވެގެން ދާނެ ކަމަށެވެ. އެކަމަކު މިހާރު ކޮވިޑު-19 ވެކްސިން ދީފައިވާ އާބާދީއަށް ބަލާއިރު ކޭސްތައް އިތުރުވިޔަސް މަރުވާ އަދަދު ވަރަށް ބޮދަށް މަދުވާނެ ކަމަށެވެ.

Like
Like Love Haha Wow Sad Angry
1
%d bloggers like this: