ޚަބަރު ފީތާ

ރާއްޖެއިން ފާއިތުވި 24 ގަޑި އިރު ޕޮޒިޓިވް ވީ 127 މީހުން!

ރާއްޖެއިން ފާއިތުވި 24 ގަޑި އިރު ޕޮޒިޓިވް ވީ 127 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ފާއިތުވި 24 ގަޑި އިރު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުން 26 މީހުންނާއި އަތޮޅުތަކުން 79 މީހުން ކަމަށެވެ. އަދި އޮޕަރޭޝަނަލް ރިސޯޓުތަކުން 6 މީހުންނާއި ތަރައްގީވަމުން އަންނަ ރަށްތަކުން 3 މީހުންނާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުން 13 މީހުން ވެސް ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑު ޖެހިފައިވާ މީހުންގެ ޢަދަދު މިވަނީ 74،351 އަށް އަރާފަ އެވެ. އަދި 70،889 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.

ރާއްޖެއިން މިހައިތަނަށް ނިޔާވެފައިވަނީ 213 މީހުން ނެވެ.

 

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ރާއްޖެއިން ފާއިތުވި 24 ގަޑި އިރު ޕޮޒިޓިވް ވީ 127 މީހުން!"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.