ވ. އަތޮޅުގެ 2 ރަށެއްގެ ސްކޫލު އަޕްގްރޭޑް ކުރަނީ!

ވ. އަތޮޅުގެ 2 ރަށެއްގެ ސްކޫލު އަޕްގްރޭޑް ކުރަން ދެ ކުންފުންޏަކާ ހަވާލުކޮށްފި އެެވެ.

އެޑިއުކޭޝަން މިިނިސްޓްރީން ބުނީ ވ. ރަކީދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ކަމަށެވެ. ‏ވ. ތިނަދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރީ ސިލްވަރ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު އެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

މި މަސައްކަތް ހަވާލުކޮށްފައިވަނީ 2,892,480.66 (ދެމިލިއަން އަށްލައްކަ ނުވަދިހަދެހާސް ހަތަރުސަތޭކަ އަށްޑިހަ ރުފިޔާ ފަސްދޮޅަސް ހަ ލާރި) އަށެވެ. އަދި ވ. ތިނަދޫ ސްކޫލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 1,340,681.81 (އެއްމިލިއަން ތިންލައްކަ ސާޅީސްހާސް ހަސަތޭކަ އަށްޑިހަ އެއް ރުފިޔާ އަށްޑިހަ އެއް ލާރި) އަށެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަޙުމަދު ރިޔާޒެވެ. އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ހަސަން މުހައްމަދު ތަވީލެވެ. އަދި ސިލްވަރ ގްރޫޕް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު އަމީން އިބްރާހީމެވެ.

މިއަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުން ފެށޭއިރު ސްކޫލް ނެތް ރަށްރަށުގައި ސެޓަލައިޓް ސްކޫލިންގ ޤާއިމްކުރުމަށް ނިންމަވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު، ރަކީދޫ އާއި ތިނަދޫގައި ސެޓަލައިޓް ސްކޫލިންގ ސިސްޓަމް ޤާއިމްކޮށް ކިޔަވައިދޭން ފައްޓަވާނެ ކަމަށެވެ.

ސެޓަލައިޓް ސްކޫލިން މެދުވެރިން ކިޔަވައިދިނުމަށްޓަކައި ކޮންމެ ރަށެއްގައި ދަރިވަރުން ހާޒިރުވެގެން ކިޔަވާނެ އިމާރާތެއް ހުންނާނެ ކަމަށާއި ކޮންމެ ގްރޭޑަކަށް ބޭނުންވާ މުދައްރިސުން ތިބޭނެ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.