
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުމުގެ ޚާއްޞަ ހަރަކާތްތަކެއް ފަށައިފި
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތަކެއް ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ކެމްޕެއިން އޮފީހުން މިއަދު ފަށައިފިއެވެ.
މިކަން ރަސްމީކޮށް ފެއްޓެވިކަން އުލާން ކުރުމަށް މިައދު ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެމްޕެއިން ކަންތަކުގައި އިސްކޮށް އުޅުއްވާ އިބްރާހިމް މުއާޒް އަލީ ވިދާޅުވީ އެންމެ ކާމިޔާބު ޕާޓީގެ މެމްބަރަކަށް ވުމުގެ ޝަރަފު ކޮންމެ މީހަކައްވެސް ލިބިގެން ވާކަމަށާއި މި ހަރަކާތަކީ އެ ފުރުސަތު ހޯއްދަވައިދެއްވުމުގެ މަގުސަދުގައި، ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
އަދި މި ހަރަކާތުގެ ތެރެއިން ޕާޓީގެ މެމްބަރަކަށް ވުމަށް އެދި ހުށައަޅާ ފޯމު ފުރުމުގެ، ހަރަކާތެއް ވެސް މެޑަމްގެ ކެމްޕެއިން އޮފީހުގައި ފެށުމަށް ނިންމާފައިވާ ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސޒީ ޕާޓީގެ މެމްބަރަކަށްވުމަށް ބޭނުންވާ ބޭފުޅުން ނައް އެފުރުސަތު ފަސޭހަކަމާއެކު ލިބިގެންދާނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ.
އަދި މެމްބަރަކަށް ވުމަށް ހުށައަޅާ ފޯމު އިލެކްޝަންސް ކޮމިޝަނަށް ފޮނުވައި ޕާޓީގެ ދަފްތަރުގައި ނަން ހިމެނުމާއި ހަމަޔަށް ކުރަންޖެހޭ ހުރިހާމަސައްކަތެއް މެޑަމްގެ ކެމްޕެއިން އޮފީހުން އިންތިޒާމު ކުރާ މި ހާއްޞަ ހަރަކާތުގެ ސަޜުން ކުރާނެ ކަމަށްވެސް މުއާޒް ވިދާޅުވިއެވެ.
މެޑަމްގެ ކެމްޕެއިން އޮފީހުގައި ފޯމު ފުރުމުގެ ހަރަކާތްތައް ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް މެންދުރުފަހު 2 އިން 6 އަށް އަދި ރޭގަނޑު 8 އިން 11 އަށް ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕާޓީގެ މެމްބަރަަކަށް ވުމަށް ކެމްޕެއިން އޮފީހައް އަންނަ ފަރާތްތަކަށް ފޯމު ފުރައި ދިނުމާއި އެ ފޯމުތަށް ޒިންމާދާރުކަމާއެކީގައި އިލެކްޝަންސް ކޮމިޝަނާއި ހިސާބަށް ގެންދިޔުމުގެ ހުރިހާ ޒިންމާއެއް ނެގުމުގައި މި އޮފީސް ދެމި އޮންނާނެކަމަށެވެ.



