ޚަބަރު ފީތާ

ކޮޕަ އެމެރިކާ 2021: ކޮލަމްބިއާ އާއި އާޖެންޓީނާ ސެމީއަށް

ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގެ ސެމީ ފައިނަލަށް އާޖެންޓީނާ އާއި ކޮލަމްބިއާ ދަތުރުކޮށްފިއެވެ.

ސެމީގެ ޖާގައެއް އާޖެންޓީނާ ހޯދީ ރޭ ފަތިހު ކުޅުނު ކުއާޓާ ފައިނަލް މެޗުން އެކުއެޑޯ އަތުން 0-3 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ އާޖެންޓީނާއިންނެވެ. އެގޮތުން ފުރަތަމަ ހާފުހެ 40 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެސީގެ އެހީތެރިކަމާއި އެކު ރޮޑްރިގޯ ޑެ ޕޯލްއެވެ. މި ލަނޑާއި އެކު އާޖެންޓީނާ ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއެވެ.

ދެވަނަ ހާފަށް ކުޅެން ނިކުމެވެސް ވަރުގަދައަށް ކުޅެމުން ދިޔައީ އާޖެންޓީނާއިންނެވެ. އެގޮތުން އެކުއެޑޯގެ ގޯލާއި އަމާޒުކޮށް ގިނަ ހަމާލަތަކެއް އާޖެންޓީނާއިން ފޮނުވާލާފައިވެއެވެ. ނަމަވެސް އެޓީމުން ފޮނުވާލި މި ހަމަލާތަކުގެ ދިފާއުއަކަށްވީ އެކުއެޑޯގެ ގޯލް ކީޕަރެވެ. އާޖެންޓީނާއިން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 84 ވަނަ މިނެޓުގައި ލަޓޫރޯ މާޓިނޭޒް ޖަހައިދިން ލަނޑުންނެވެ. އަދި މެޗުގެ ފަހު ހާފުގެ އިތުރުވަގުތުގައި މެސީވަނީ އާޖެންޓީނާގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.

މީގެ އިތުރުން ސެމީގެ ޖާގައެއް ކޮލަމްބިއާއިން ހޯދީ ރޭ ކުޅުނު ކުއާޓާގެ މެޗުގައި ޕެނަލްޓީ ޖަހައިގެން އުރުގުއޭ ބަލިކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު، 0-0 ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ކޮލަމްބިއާ ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއި އެކު އާޖެންޓީނާއިން ކޮޕަ އެމެރިކާގެ ސެމީއަށް ދަތުރުކުރިއިރު، އެޓީމު ސެމީގައި ބައްދަލުކުރަން ޖެހޭނީ ކޮލަމްބިއާއާއެވެ.

ކޮޕަ އެމެރިކާ ސެމީފައިނަލުގެ މެޗުތައް

6 ޖުލައި: ބްރެޒިލް- ޕެރޫ

7 ޖުލައި: އާޖެންޓީނާ- ކޮލަމްބިއާ

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ކޮޕަ އެމެރިކާ 2021: ކޮލަމްބިއާ އާއި އާޖެންޓީނާ ސެމީއަށް"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.