އިންޑިއާގެ ވަޑޮޑަރާގައި ކޮލެރާ ފެތުރެނީ!

އިންޑިއާގެ ގުޖްރާތުގެ ސިޓީއެއް ކަމަށްވާ ވަޑޮޑަރާއަށް ދޫކުރަމުންދާ ސަޕްލައި ފެނުގެ ޒަރީއާއިން ޖެހޭ ބަލިތަކެއް ފެތުރެމުން އެބަދެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ސިޓީގެ 15 ސަރަހައްދަށް މުނިސިޕަލް ކައުންސިލުން ދޫކުރަމުންދާ ސަޕްލައި ފެން ބޭނުން ކުރާ ފަރާތްތަކުގެ މެދުގައި ދަނީ މި ބަލި ފެތުރެމުންނެވެ. އަދި މިހާތަނަށް 50 މީހުންގެ ގައިން ތަފާތި ބަލިތައް ފެންނަމުން ދަނީ އެ ފެން ބޭނުން ކުރުމުންކަން ޔަގީން ކުރެވިފައިވާ ކަމަށްވެ އެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އެމީހުންގެ ގައިން ފެންނަމުން ދަނީ ބަނޑުގައި ވައި ހެދުމާއި ހޮޑުލުމާއި ބޭރަށް ހިންގުން ފަދަ ބަލިތައް ކަމަށްވެ އެވެ. އެކަމަކު ސަޕްލައި ފެނުގައި އެއްވެސް މައްސަލައެއް އުޅޭކަން ފާހަގަވެފައި ނުވާ ކަމަށް ވަޑޮޑަރާގެ މުނިސިޕަލް ކައުންސިލުން ބުނެފައިވެ އެވެ.

އެކަމަކު ބަލީގެ އަލާމާތްތަކަށް ބަލާއިރު މިއީ ކޮލެރާގެ އަލާމާތްތައް ކަމަށް ސިއްހީ ހިދުމަތްތެރިން ދަނީ ބުނަމުންނެވެ. އަދި އަވަސް ފިޔަވަޅެއް ނާޅައިފި ނަމަ އެ ސިޓީގައި ކޮލެރާ ވަރަށް ހަލުވި ކަމާއި އެކު ފެތުރުމުގެ ބިރު އެބައޮތް ކަމަށް ބުނެ ފައިވެ އެވެ.

މިހާރު ކޮންމެ ދުވަހަކު ހަތަރެއް ނޫނީ ފަސް މީހުން އެފަދަ ސިއްހީ މައްސަލަތަކުގައި ކޮންމެ ސަރަހައްދަކުން އެޑްމިޓް ކުރަންޖެހެ އެވެ.

މި ވާހަކަތަކާއި ގުޅިގެން ވަޑޮޑަރާގެ ސިއްހީ އިދާރާއިން ބުނީ އެ ސިޓީގައި ކޮލެރާގެ ކޭސްތަކެއް އެބަ އުޅޭކަމަށެވެ. އެކަމަކު ބަލިޖެހިގެން އުޅޭ 50 މީހުންނަކީ ކޮލެރާ ޖެހިފައި ތިބި މީހުން ނޫން ކަމަށް ބުނެ ކޮލެރާ ފެތުރޭ ވާހަކަ ވަނީ ދޮގުކޮށްފައި އެވެ.

އެ އިދާރާއިން ވަނީ ސަޕްލައި ފެނުގައި ދިމާވެގެން އުޅޭ މައްސަލަ ދިރާސާ ކުރުމަށް އަންގާފައިވާނެ ކަމަށް ބުނެފައި އެވެ. އެކަމަކު ރައްޔިތުންނަށް ދޫކުރަމުންދާ ފެނުގައި ކޮލެރާގެ އެއްވެސް ނިޝާނެއް ނެތް ކަމަށް ބުނެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.