ކޮވިޑާއި ގުޅިގެން ތިން ގައުމަކުން ސައުދީއަށް ކުރާ ވައިގެ ދަތުރުތައް މެދުކަނޑާލަނީ

ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔުއޭއީ)، އިތިއޯޕިއާ އަދި ވިއެޓްނާމުން ސައުދީ އަރަބިއްޔާ އާއި ދެމެދު ވައިގެ ދަތުރު ކުރުން މެދުކަނޑާލަން ނިންމައިފި އެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީން ބުނީ މި ނިންމުމަށް އަމަލު ކުރަން ފަށާނީ މާދަމާ ރޭ 11:00 އިން ފެށިގެން ކަމަށެވެ. އެ ތިން ގައުމަށް ކުރާ ޑައިރެކްޓު އަދި އިންޑައިރެކްޓު ވައިގެ ދަތުރުތައް މެދުކަނޑާލަނީ މުއްދަތެއް ނެތް ގޮތަށެވެ.

އިޝްތިހާރު Below Header ad

އަދި މިވަގުތު އެ ގައުމުތަކުގައި ތިބި ސައުދީ ރައްޔިތުންނާއި ސައުދީގައި ދިރިއުޅޭ ރައްޔިތުން މާދަމާ ރޭގެ ފަހުން އެ ގައުމުތަކުން ސައުދީއަށް ދަތުރު ކުރާ ނަމަ 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ބުނެ އެވެ.

ސައުދީން މިފިޔަވަޅު އެޅީ ޔޫއޭއީ، އިތިއޯޕިއާ އަދި ވިއެޓްނާމްގައި ކޮވިޑުގެ ތަފާތު ވޭރިއަންޓުތައް ފެތުރި ކޭސްތައް ނުރައްކާތެރި މިންވަރަކަށް އިތުރުވަމުންދާތީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުންނެވެ. ހާއްސަކޮށް އެ ތިން ގައުމުގައި ޑެލްޓާ ވޭރިއަންޓު ފެތުރެމުން ދިއުމަކީ ސައުދީން އަވަސް ފިޔަވަޅު އެޅި ސަބަބު ކަމަށް ބުނެ އެވެ.

މީގެ ތެރެއިން ޔޫއޭއީ އަކީ ސައުދީ ރައްޔިތުންގެ މެދުގައި ދަތުރު ކުރުމަށް ވަރަށް މަގުބޫލު މަންޒިލެކެވެ.

ސައުދީން ތިން ގައުމެއްގެ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާއިރު ކޯވިޑާއި ގުޅިގެން މިދިޔަ އަހަރު ވައިގެ ބައިގެ ބޯޑަރު ބަންދު ކުރުމަށް ފަހު ކޯވިޑްގެ ހާލަތު ރަނގަޅުވުމުން އެ ގައުމުގެ ވައިގެ ބޯޑު ހުޅުވާލިތާ އަދިވީ ހަތް ހަފްތާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.