ސްޕެއިންގެ އައިބީރިއާ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި
ސްޕެއިންގެ އައިބީރިއާ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.
ސްޕެއިންގެ ވެރިރަށް މެޑްރިޑުން ފުރައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރި އެ އެއަރލައިންގެ ފުރަތަމަ ފްލައިޓު މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ. މި ފްލައިޓުގައި 218 ދަތުރުވެރިން ރާއްޖެއަށް އައިސްފައި ވެއެވެ.
މި ފްލައިޓުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ އެއަރބަސް A330-300 އަދި A330-200 މަރުކާގެ އެއަރކްރާފްޓެވެ.
އެމްއޭސީއެލުން ބުނީ އައިބީރިއާ އިން އޮގަސްޓް މަހުގެ ނިޔަލަށް ކޮންމެ ހަފުތާއަކު ހަފްތާއަކު ހޯމަ, ބުދަ އަދި ހުކުރު ދުވަހު، ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރާނެ ކަމަށެވެ.
އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ގޯޑަން އެންޑްރޫ ސްޓުއާޓް ވިދާޅުވީ މި ދަތުރުތަކުގެ ސަބަބުން ޔޫރަޕާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖޭގެ ފަތުރުވެރިކަން ވެސް ކުރިއަރާނެ ކަމަށެވެ.
އައިބީރިއާއިން ބުނީ ރާއްޖެއަކީ މި އަހަރުގެ ހޫނުމޫސުމުގައި އެ އެއަރލައިނަށް ލިބުނު ވަރަށް މުހިންމު މަންޒިލެއް ކަމަށެވެ.
ރާއްޖެއަކީ އެ އެއަރލައިނުން ދަތުރުކުރާ އިންޑިއާ ކަނޑުގެ ފުރަތަމަ މަންޒިލް ކަމަށްވާ އިރު، މިއީ އެ އެއަރލައިނުގެ ތާރީޚުގައި ވެސް ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ.
Welcoming @Iberia , the flagship carrier of Spain 🇪🇸 to @VelanaAirport
#SunnySideOfLife 🏝 ☺️
Bienvenido A Maldivas!!#VisitMaldives#IberiaFliesMaldives pic.twitter.com/CbOGARUuMN— Maldives Airports Company Ltd – MACL (@MACLmedia) July 3, 2021