ޚަބަރު ފީތާ

ޕްރިންސަސް ޑަޔާނާގެ ގޭގައި އެކަމަނާގެ ހަނދާނުގައި ބޮޑު ސްޓެޗޫއެއް ބަހައްޓައިފި

ކާރު އެކްސިޑެންޓެއްގައި ހަވަހާރަވި އިނގިރޭސިވިލާތުގެ ކުރީގެ ޕްރިންސަސް ޑަޔާނާގެ ހަނދާނުގައި އެމަނާގެ ގެ ކައިރީގައި ސްޓެޗޫއެއް ބަހައްޓައިފި އެވެ.

މި ސްޓެޗޫ ރަސްމީކޮށް އާންމުންނަށް ފެންނަހެން ހުޅުވައި ދިނީ އެކަމަނާގެ ދެ ދަރިކަލުން ކަމަށްވާ ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީ އެވެ. މިކަމަށް ޓަކައި ބޭއްވީ ވަރަށް ކުޑަ ސިއްރު ހަފްލާއެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހަފްލާގައި ދެބެއިންގެ އިތުރުން ޕްރިންސަސް ޑަޔާނާގެ ބޭބެ ޗާލްސް ސްޕެންސާ އާއި ދައްތަ ސާރާ އެމްސީ ބައިވެރިވެފައިވެ އެވެ. މި ސްޓެޗޫ ބަހައްޓާފައިވަނީ ޑަޔާނާގެ ގޭގައި ހުންނަ އެކަމަނާއަށް އެންމެ ހާއްސަ ސަންކަން ގާޑަންގައި އެވެ.

ސްޓެޗޫ އަކީ ޑަޔާނާގެ ހަނދާނުގައި 2004 ވަނަ އަހަރު ލަންޑަންގައި ބެހެއްޓި 689 ފޫޓު ސްޓެޗޫ އާއި ޖެހިގެން ދެވަނައަށް އެންމެ އުސް ސްޓެޗޫ އެވެ. އެ ސްޓެޗޫގައި ޑަޔާނާގެ އިތުރުން ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު އެކަމަނާގެ އަތުގައި ހިފައިގެން ހުރެ އެވެ. މި ސްޓެޗޫ ރަސްމީކޮށް ހުޅުވާފައި މިވަނީ އިއްޔެ ފާހަގަ ކުރި ޑަޔާނާގެ 60 ވަނަ އުފަންދުވާހާއި ދިމާކޮށެވެ.

ސްޓެޗޫ ރަސްމީކޮށް ހުޅުވުމަށް ފަހު ޕްރިންސް ހެރީ އާއި ޕްރިންސް ވިލިއަމް ނެރުއްވި ބަޔާނުގައި ވަނީ އަބަދުވެސް އެދެނީ މަންމާފުޅު އެމީހުންގެ ގާތުގައި ހުރުން ކަމަށެވެ. އަދި އެ ސްޓެޗޫއަކީ ޑަޔާނާގެ ހަނދާންތައް އަބަދަށް ހުންނާނެ ކަމުގެ ނިޝާނަކަށް ވާނެ ކަމަށެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ޕްރިންސަސް ޑަޔާނާގެ ގޭގައި އެކަމަނާގެ ހަނދާނުގައި ބޮޑު ސްޓެޗޫއެއް ބަހައްޓައިފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.