ޚަބަރު ފީތާ

ޕީޕީއެމް-ޕީއެންސީން ސިޔާސީ ހަރަކާތްތައް ހިންގާނީ ޒިންމާދާރު ކަމާއެކު: ހީނާ ވަލީދު

ޕީޕީއެމް-ޕީއެންސީން ސިޔާސީ ހަރަކާތްތައް ހިންގާނީ ޒިންމާދާރު ކަމާއެކުގައި ކަމަށް ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ “ރައީސް ޔާމީންގެ އެންގެވުމަށް ޕީޕީއެމް/ޕީއެންސީން ސަރުކާރަށް ޕްރެޝަރ ކުރުމުގެ ހަރަކާތްތަކަށް ތައްޔާރުވަނީ” މި ސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓުގައި ހީނާ ވިދާލުވެފައިވަނީ އެ ޚަބަރަކީ ޚިޔާލީ ކުރު ވާހަކައެއް ކަމަށެވެ.

ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން މީގެކުރިން ވަނީ ސިލްސިލާކޮށް މަގުމަތީގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.

އެހެންނަމަވެސް، އެ ހަރަކާތްތައް މެދުކަނޑާލީ މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ، ކޭސްތައް އިތުރުވާން ފެށުމުން ނެެވެ.

އެ ކޯލިޝަނުން ބުނެފައިވަނީ ރައީސް ޔާމީން މިނިވަން ވަންދެން ކޯލިޝަނުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

Like
Like Love Haha Wow Sad Angry