މިޔަންމާގައި މުޒާހަރާތަކުގައި ހައްޔަރު ކުރި 2،000 އަށްވުރެ ގިނަ މީހުން ދޫކޮށްލައިފި

މިޔަންމާ އަސްކަރިިއްޔާއިން ބަޣާވާތްކޮށް ޑިމޮކްރެޓިކް ލީޑަރު އަން ސަން ސޫޗީގެ ވެރިކަން ވައްޓާލި މައްސަލައިގަ އަސްކަރިއްޔާ އާއި ދެކޮޅަށް މުޒާހަރާ ކޮށްގެން ހައްޔަރު ކުރި 2،000 އަށްވުރެ ގިނަ މީހުން ދޫކޮށްލައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެގައުމުގެ އެކި ސްޓޭޓްތަކުގެ ޖަލުތަކުގައި ތިބި 2،296 މީހަކު ދޫކޮށްލާފައިވެ އެވެ. އިތުރު މީހުން މިނިވަން ކުރަން ނިންމާފައިވާއިރު ދޫކޮށްލަމުންދަނީ އަސްކަރިއްޔާ އާއި ދެކޮޅުވި މީހުންގެ ތެރެއިން މުޒާހަރާތަކާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުންނަށް އިސްކަން ދީގެންނެވެ.

އިޝްތިހާރު Below Header ad

ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނެނީ 1،839 ފިރިހެނުންނާއި 457 އަންހެނުންނެވެ. އޭގެ ތެރޭގައި އެކްޓިވިސްޓުންނާއި ނޫސްވެރިން ހިމެނެ އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތެއް ގެނެސް ސޫޗީ ވެރިކަމުން ދުކުރު ކުރީ މިދިޔަ ފެބްރުއީ މަހުގެ އެއް ވަނަ ދުވަހު އެވެ. އަސްކަރިއްޔާއިން އެ ގައުމުގައި ބަޔާވަތް ކުރީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި މިޔަންމާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އާއި މެދު ހިތް ހަމަނުޖެހިގެންނެވެ.

ބަޣާވާތް ގެނެސް އެ ގައުމުގައި ވަނީ އެއް އަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އެވެ. އެ ގައުމުގެ ސިފައިން ބުނެފައި ވަނީ ގައުމުގެ މިހާރުގެ ވެރިއަކީ ސިފައިންގެ ވެރިޔާ މިން އައުންގް ލައިން ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.