ޚަބަރު ފީތާ

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި 4 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ސައިކަލެއްގައި ބޮމެއް ހަރުކޮށް އެގޮއްވާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 4 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފުލުހުން ބުނީ އަދުހަމާއި، މުޖާޒް އަދި ތަހްމީންގެ ބަންދަށް މިމަހުގެ 22 ވަނަ ދުވަހު 30 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ފާތިހުގެ ބަންދަށް މިމަހުގެ 20 ވަނަ ދުވަހު 15 ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީ ކޮޅަށް ހިންގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންފަ އެވެ.

އެ ޒަޚަމްތަކަށް އޭޑީކޭއިން ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާ ހޯއްދަވަމުން މިހާރުގެންދަވަނީ ޖަރުމަންވިލާތުން ނެވެ.

އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، އާއި، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، ގެ އިތުރުން ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ.

 

Like
Like Love Haha Wow Sad Angry
4