ޚަބަރު ފީތާ

އިންޑޮނީޝިއާގެ ބާލީގައި ފެރީއެއް ބަންޑުން ޖަހާލައި ހަ މީހުން މަރު، ހަ މީހުން ގެއްލިއްޖެ

މީގެ ކުރިން އިންޑޮނީޝިއާގައި ފެރީއެއް ބަންޑުން ޖަހާލައިގެން މަރުވި ބައެއްގެ ހަށީތަކެއް --

އިންޑޮނީޝިއާގެ ޓޫރިސްޓް މަންޒިލް ބާލީގައި ފެރީއެއް ބަންޑުން ޖަހާލައި ހަ މީހުން މަރުވެ ހަ މީހުން ގެއްލިއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ 7:00 ހާއިރު ކަމަށެވެ އެވެ. ފެރީ ބަންޑުން ޖަހާލީ ގިލިމަނުކް ސީޕޯޓާއި ވަރަށް ކައިރީގައި އޮއްވަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހާދިސާ ހިނގި އިރު ފެރީގައި ތިބީ 41 ފަސިންޖަރުންނާއި 15 ކްރޫ އިންނެވެ. ފެރީ ބަންޑުން ޖަހާލި ވަގުތު ހުރިހާ އެންމެން މޫދަށް ވެއްޓުނު ނަމަވެސް 44 މީހުން ވަނީ ސަލާމަތް ކުރެވިފައި އެވެ.

ގެއްލުނު ހަ މީހުން ހޯދުމުގެ މަސައްކަތް މީހުން ސަލާމާތް ކުރުމުގައި ހަރަކާތްތެރިވާ ޓީމުތަކުން ދަނީ ކުރަމުންނެވެ. މި ހާދިސާގައި މަރުވެފައިވަނީ ތިން ފިރިހެނުންނާާއި ތިން އަންހެނުންނެވެ.

އިންޑޮނީޝިއާގެ ކަމާ ބެހޭ ފަރާތްތަކާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވަނީ ހާދިސާ ހިނގި ކަމަށް ބެލެވެނީ ކަނޑު ގަދަ ވެގެންނެވެ. މިއަދު އެ ސަރަހައްދަށް މޫސުން ގޯސް ކަމަށާއި ވައިޔާއި ކަނޑުވެސް ގަދަ ކަމަށް މައުލޫމާތު ދީފައިވެ އެވެ.

އެކަމަކު އެ ފެރީ ބަންޑުން ޖަހާލީ އެހެން އުޅަނދެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިވެ އެެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ގުޅޭގޮތުން އެއްޗެއް ހާމަ ކުރެވޭވަރު ވާނީ މާދަމާ ކަމަށް ބުނެ އެވެ.

އިންޑޮނީޝިއާގައި ފެރީ ބަންޑުން ޖަހާލުމާއި އެފަދަ ހާދިސާތަކުގައި ގިނަ އަދަދެއްގެ މީހުން މަރުވެ ގެއްލުމަކީ އާންމުކޮށް ހިނގާ ހާދިސާތަކެވެ.

Like
Like Love Haha Wow Sad Angry