ވޭވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 88 ޕަސެންޓު ނިމިއްޖެ

މ. ވޭވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 88 ޕަސެންޓް ނިމިއްޖެ އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، ހާބަރ ބްރިޖް ބީމްގެ ކޮންކްރީޓް މަސައްކަތްތައް 28 ޖޫން ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

މި މަޝްރޫޢުގެ ދަށުން، 66،831 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުން ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އަދި 380 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 130 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭކަމަށް ބުނެއެވެ.

މަގު ބައްތި ހަރުކުރުމާއި، 1،880 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނޭ މި މަޝްރޫޢަކީ 48.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.