ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ނޫސްވެރިންނާ ބައްދަލު ކުރެއްވުން މިއަދު ހަވީރު އޮންނާނެ ކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު ހަވީރު4 ޖަހާ އިރު، ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.
މި ބައްދަލު ކުރެއްވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.
President @ibusolih will meet the press this afternoon at 4 p.m.
He will be joined by Minister of Economic Development @faya_i and Minister of Health Ahmed Naseem. pic.twitter.com/wY7VeXGbnL
— Mabrook Azeez (@MvSpokesperson) June 29, 2021
ރައީސް ސޯލިހު އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ މިމަހުގެ ކުރީކޮޅު އެވެ.