ޚަބަރު ފީތާ

އީޔޫއިން “ގްރީން ޕަސް” ތައާރަފު ކުރާތީ އިނގިރޭސިވިލާތާއި އިންޑިއާ ހިތްހަމަ ނުޖެހިފައި

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް އެތެރެވުމަށް “ގްރީން ޕާސް” ތައާރަފު ކުރާތީ އިންޑިއާ އާއި އިނގިރޭސިވިލާތުން ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.

އީޔޫއިން ނިންމާފައިވަނީ ޖުލައި އެކަކުން ފެށިގެން ގްރީން ޕާސް ތައާރަފު ކުރާށެވެ. އެ ޕާސްގެ ދަށުން އީޔޫއިން ހުއްދަ ކުރާ ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާނަމަ އެ ގައުމުތަކުގައި ކޮވިޑު ކޮންޓްރޯކް ކުރުމަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް އަމަލު ކުރާކަށް ނުޖެހެ އެވެ.

އޭގެ ތެރޭގައި ކަރަންޓީން ވުމާއި އީޔޫގެ ގައުމުތަކަށް އެތެރެވުމުގައި މިހާރު ހުރި ހުރަސްތައް ނޯންނެނެ އެވެ.

އިންޑިއާއިން ބުނީ ދުނިޔޭގެ ގައުމުތަކުގައި ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް ކުރިޔަށް ދިޔަނަމަވެސް ތަރައްގީވަމުން އަންނަ ގައުމުތަކާއި ފަގީރު ގައުމުތަކުގައި އަދިވެސް ގިނައީ ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުޖަހާ އާބާދީ ކަމަށެވެ. އެހެން ކަމުން ދަތުރު ކުރުމުގައި ވެކްސިން ޖެހި މީހުންނަށް ހާއްސަ ގޮތްތަކެއް ކަނޑައެޅުމަކީ ތަފާތު ކުރުމެއް ކަމަށެވެ.

އިނގިރޭސިވިލާތުގެ އީކުއަލިޓީ އެންޑް ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ބުނީ އިންޑިއާއިން ބުނިހެންނެވެ. އީޔޫއިން ތައާރަފު ކުރާ ގްރީން ޕާސްގެ ސަބަބުން ރައްޔިތުންނަށް ތަފާތު ކުރެވެނީ ކަމަށެވެ.

މީގެ ކުރިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވެސް ވަނީ ވެކްސިން ޕާސްޕޯޓު ފަދަ އެއްޗެހި ތައާރަފު ކުރުމާއި އެ ޖަމާއަތުން ދެކޮޅުކަން ހާމަކޮށްފައި އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "އީޔޫއިން “ގްރީން ޕަސް” ތައާރަފު ކުރާތީ އިނގިރޭސިވިލާތާއި އިންޑިއާ ހިތްހަމަ ނުޖެހިފައި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.