ސިޔާސީ ދާއިރާއަށް ނުކުތީ އެއްވެސް މީހަކު ކިޔާހާ އެއްޗަކަށް އާނއެކޭ ކިޔާކަށް ނޫން: ރޮޒައިނާ
ސިޔާސީ ދާއިރާއަށް ނުކުތީ އެއްވެސް މީހަކު ކިޔާހާ އެއްޗަކަށް އާނއެކޭ ކިޔާކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒެއިނާ މިހެން ވިދާޅުވީ “އެމްޑީޕީގެ ދޮން މަންމައަކީ ރޮޒެއިނާ” ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއްގައި ޖަހާފައިވާ ރިޕޯޓަކާ ގުޅިގެން ކުރެއްވި ޓްވީޓުތަކެއްގަ އެވެ.
ރޮޒައިނާ ވިދާޅުވީ ރޮޒައިނާ ވިދާޅުވީ ސިޔާސީ ދާއިރާއަށް ނުކުތީ އެއްވެސް މީހަކު ކިޔާހާ އެއްޗަކަށް އާނއެކޭ ކިޔާކަށް ނޫން ކަމަށާއި ބުލީކުރާ މީހުން ދެކެ ބިރުން، ޤަބޫލު ނުކުރެވޭނެ ކަމެއް އެންޑޯޒްކޮށްފައި ވާހަކަ ދައްކާކަށް ވެސް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ބުލީ ކުރުމަކީ ސްކޫލްތަކުގައި އެކަނި ހިނގާ ކަމެއް ނޫން ކަމަށެވެ.
ސްކޫލްގައި އޭނާއަށް ބުލީއެއް ނުކުރާ ކަމަށާއި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގޭތެރޭން ބުލީ ކުރުމާއި މޫނަށް ކުޅު ޖެހުމާއި، ލައްކަ ކަންތައް ދިމާވެއްޖެ ކަމަށް ރޮޒައިނާ ވިދާޅުވި އެެވެ. އަދި އެކަންކަން އިދިކޮޅުންވެސް އެއްކޮޅުން ވެސް ދިމާވެފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
“އަޅުގަނޑަށް ބަސް ބުނަން ކެރޭތީ އަދި ބުނަން ޖެހޭ ތާކު ބުނާތީ، އެޅިހާ ބަތަކަށް ރިހައިގެ އުސޫލު ނުގެންގުޅޭތީ، އެއީ ސިޔާސީ ގޮތުން އަޅުގަަނޑަށް ދޮން މަންމަ ކިޔަންޖެހޭ ކަމެއް ކަމަށްވާނަމަ އެކަން ނަގާނީ ކޮމްޕިމެންޓެއްގެ ގޮތުގަ. އަދި ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެމްބަރުންނާއި، ކައުންސިލް މެމްބަރުންގެ އިތުރުން ލީޑަރޝިޕްގައި ތިއްބަވާ ބޭފުޅުން ބުލީ ކުރަން އުޅުމަކީ ދެރަވަރު ކަމެއް.” ރޮޒައިނާ ވިދާޅުވި އެވެ.
ޚާއްސަކޮށް ސިޔާސީ ދާއިރާގައި އުޅޭ މަދު އަންހެނުންނަށް ފޯކަސް ކޮށްގެން މިކަން ކުރާކަށް ވަރަށް ދެރަކަން ރޮޒައިނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
Alhugandah bas bunan kereythee adhi bunan jehey thaaku bunaathee, elhiha bathakah rihaige usoolu nugengulheythee, eyee siyaasee gothun alhugandah dhon mamma kiyan jehey kameh kamah vanya thikan ves alhugandu nagaanee compliment eh gothah 😊
Shukuriyya @MendhuruOnline— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) June 27, 2021