ކްރިމިނަލް ކޯޓު ރިސެސްއަށް ދާން ނިންމައިފި

ކްރިމިނަލް ކޯޓު ރިސެސްއަށް ދިޔުމަށް ނިންމައިފި އެވެ.

އެ ކޯޓުން ބުނީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރިސެސްއަށް ދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރިސެސްގެ މުއްދަތުގެ ތެރޭގައި ކޯޓުގައި ކުރިޔަށް ގެންދާނީ ކޮންމެހެން ބާއްވަން ޖެހޭ ޚާއްސަ ޝަރީއަތްތައް އެކަނި ކަމަށެވެ.

އިޝްތިހާރު Below Header ad

އެހެންނަމަވެސް ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކުރެވޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި ތަހުގީގުކުރާ އިދާރާތަކުން އެދޭ އަމުރުތައް ނެރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ.

މީގެއިތުރުން މުރާޖައާކުރެވުނު ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް ކްރިމިނަލް ކޯޓުގެ ގާޒީންނާއި، ލީގަލް މުވައްޒަފުން އަހުލުވެރި ކުރުވުމުގެ ގޮތުން ބާއްވާ ޕްރޮގްރާމްތައް ރިސެސްގެ މުއްދަތުގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފަ އެވެ.

މި މުއްދަތުގެ ތެރޭގައި ދިވެހިބަހުގެ އެކަޑަމީއާ ގުޅިގެން ކޯޓުގެ މުވައްޒަފުން ދިވެހި ބަަހަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ވެސް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.