ރާއްޖޭގައި މެންޓަލް ހެލްތާއިގުޅޭ އެންމެފުރިހަމަ ދިރާސާއެއް ކުރެވިފައެއް ނުވޭ: އެޗްއާރްސީއެމް

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ ލޮކްޑައުންގައި ވަރަށް ގިނަ ނަފްސާނީ މައްސަލަތައް ދިމާވެފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުނެފި އެވެ.

ދިވެހި ޗެނަލްގެ ހަވާސާ ޕްރްގްރާމުގައި ވާހަކަ ދައްކަވަމުން އެޗްއާރްސީއެމް އިން ބުނީ 2003 ވަނަ އަހަރުގެ ހެލްތު މިނިސްޓްރީގެ “ދިރާސާ އިން އެލަރމިންގ” އިން ވަރަށް ގިނަ ނަފްސާނީ ބަލި ހުރި މީހުން ފާހަގަވެފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މެންޓަލް ހެލްތާއިގުޅޭ އެންމެފުރިހަމަ ދިރާސާއެއް ކުރެވިފައެއް ނުވާ ކަމަށް ވެސް ބުންޏެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން މެންޓަލް ހެލްތަށް ގާނޫނުތައް ހަދާ، ސިޔާސަތު ހަދަން ޖެހޭ ކަމަށާއި ފުރިހަމަ ދިރާސާއެއް ހެދިފައި ނުވާތީ މެންޓަލް އިޝޫ އެންމެބޮޑަށް ދިމާވަނީ ކޮން ޖިންސަކަކަށް ކަން ބުނަން ދަތި ކަމަށް ވެސް އެޗްއާރްސީއެމް އިން ވަނީ ބުނެފަ އެވެ. އަދި މިފަދަ ދިރާސާއެއް ހެދުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

“އަންހެނުނަށް ނަފްސާނީ އެހީ ވަރަށްބޮޑަށް ބޭނުންވޭ. ކޮންމެ 3 އަންހެނުންގެ ތެރެއިން އެކަކީ ގެވެށި އަނިޔާ ލިބިފައިވާ މީހެއް. ރާއްޖެއިން ލިބެން ހުރި ނަފްސާނީ ފަރުވާގެ ޚިދުމަތްތަކަށް ބަލާ އިރު، މާލެއިން މިފަދަ ޚިދުމަތްތައް ލިބެން ހުރިނަމަވެސް އަތޮޅުތެރެއިން މިފަދަ ޚިދުމަތްތައް ސީދާ ލިބެން ނެތްކަން ފާހަގަ ކުރެވޭ.” އެޗްއާރްސީއެމް އިން ބުންޏެވެ.

 

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.