ޚަބަރު ފީތާ

ރާއްޖެއިން މިއަދު ޕޮޒިޓިވް ވީ 233 މީހުން!

ފާއިތުވި 24 ގަޑި އިރު ރާއްޖެއިން 233 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 31 މީހުންނާއި އަތޮޅުތަކުން 157 މީހުންނާއި އޮޕަރޭޝަނަލް ރިސޯޓުތަކުން 45 މީހުން ކަމަށެވެ.

މި ޢަދަދާއެކު ރާއްޖެއިން 73،327 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އަދި 69،031 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.

އެކްޓިވް ކޭސް 4.075 ގައި ހުރި އިރު، 29 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން ނެވެ.

ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް ރާއްޖެއިން މިހައިތަނަށް 209 މީހަކު ވަނީ ނިޔާވެފަ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: