ކަޝްމީރުގައި ހުންނަ އިންޑިއާ އަސްކަރީ މަރުކަޒަކަށް ޑްރޯން ބޭނުން ކޮށްގެން ހަމަލާތަކެއް ދީފި

ޖަންމު ކަޝްމީރުގެ އިންޑިއާ ފަޅީގައި ގާއިމް ކޮށްފައިވާ އިންޑިއާގެ ވައިގެ އަސްކަރީ މަރުކަޒަކަށް ޑްރޯން ބޭނުން ކޮށްގެން ހަމަލާތަކެއް ދީފި އެވެ.

މި ހަމަލާތައް ދީފައިވަނީ ރޭ މެންދަމު ޖަންމު ފަޅީގައި ހުރި އަސްކަރީ މަރުކަޒަކަށެވެ. އެތަނަކީ އަސްކަރީ އެއާޕޯޓެކެވެ.

އިޝްތިހާރު Below Header ad

އިންޑިއާ އަސްކަރީއާއިން ބުނީ ހަމަލާތަށް ދީފައިވަނީ ކުޑަ ދެ ޑްރޯން ބޭނުން ކޮށްގެން ކަމަށެވެ. އެ ހަމަލާގައި އަނިޔާވެފައިވަނީ ދެމީހަކަށެވެ. އަދި ގެއްލުން ލިބިފައިވަނީ އެ މަރުކަޒުގެ އިމާރާތަކަށެވެ.

 

އިންޑިއާއިން ބުނީ ހަމަލާ އައިސްފައިވަނީ ޕާކިސްތާން ބޯޑަރާއި ދިމާލުން ކަމަށެވެ. އަދި މިއީ ޑްރޯންއެއްގައި ބޮން ހަރުކޮށްގެން އެ ގައުމަށް ހަލަމާދިން ފުރަތަމަ ފަހަރު ކަމަށެވެ.

އޭގެ ފަހުން މިއަދު ޖަންމުގެ އެހެން ސަރަހައްދެއްގައި ބޮމެއް ހަރުކޮށްފައި އިންދަވެސް ފުލުހުން ހޯދާފައިވެ ވެއެވެ.

އިންޑިއާ އަސްކަރިއްޔާގެ އިސް އޮފިޝަލަކާއި ހަވާލާދީ ބައިނަލް އަގުވާމީ ނޫސްތަކުގައި ބުނެފައިވަނީ ޑްރޯން ހަމަލާތައް ދޭން ފެށުމަކީ އަސްކަރިއްޔާއަށް ނުރައްކާ ބޮޑު ކަމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.