ޚަބަރު ފީތާ

ކޮލަމްބިއާ ރައީސް ދަތުރު ކުރި ހެލިކޮޕްޓަރަށް ބަޑި ޖެހި ބައެއްގެ މައުލޫމާތުދޭ މީހަކަށް ފައިސާގެ އިނާމު

ކޮލަމްބިއާގެ ރައީސް އައިވަން ޑުކީ ދަތުރު ކުރެއްވި ހެލިކޮޕްޓަރަށް ބަޑިން ހަމަލާ ދިން ބައެއްގެ މައުލޫމާތު ހިއްސާ ކުރާ މީހަކަށް ގާތްގަނޑަކަށް އަށް ލައްކަ އެމެރިކާ ޑޯލަރު އެ ގައުމުގެ ސަރުކާރުން ހުށަހަޅައިފި އެވެ.

މި ހަމަލާ ދީފައިވަނީ ރައީސް އައިވަން އެ ގައުމުގެ ސަންޓެންޑާ ޕްރޮވިންސްގެ ވެރިރަށް ކުކުތާ ސިޓީ އަށް ދަތުރު ކުރައްވަމުން ގެންދަވަނިކޮށެވެ. އަރިހުގައި ކޮލަމްބިއާގެ ޑިފެންސް މިނިސްޓަރާއި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި އިސްވެރިން ތިއްބެވި އެވެ.

އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނީ ބަޑިން ހެލިކޮޕްޓަރަށް ހަމަލާދިން ބައެއްގެ މައުލޫމާތު އަސްކަރިއްޔާ އާއި ހިއްސާ ކުރާ ފަރާތަކަށް ތިން މިލިއަން ކެމްބޯޑިއާ ރިއެލް ލިބޭނެ ކަމަށެވެ. އެއީ އެމެރިކާ ޑޮލަރުން ބަލާނަމަ796،000 ލައްކަ ޑޮލަރެވެ.

އަސްކަރިއްޔާއިން ބުނީ ހަމަލާތައް އަމާޒުވި ސަރަހައްދުގެ ޖަންގަލި ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުން ހަމަލާދިން ބަޑިތައް ފެނިފައިވާ ކަމަށެވެ.

މިހަަމަލާދީފައިވަނީ ކުކުތާ ސިޓީގެ ވައިގެ ސަރަހައްދުން ވެނެޒުއޭލާ އާއި ދެ ގައުމު ގުޅޭ ބޯޑު ކައިރިންނެވެ. އެހެންވެ މި ހަމަލާ ދިނުމުގައި ވެނެޒުއޭލާގެ ސޯޝަލިސްޓު ލީޑަރަށް ކޮލަމްބިއާއިން ދަނީ ޝައްކު ކުރަމުންނެވެ.

އެއީ ކޮލަމްބިއާގެ އަސްކަރިއްޔާ އާއި ދެކޮޅަށް ހަނގުރާމަ ކުރާ މީހުންނަށް ވެނެޒުއޭލާގެ ސޯޝަލިސްޓު ލީޑަރު ވާގިވެރިވާ ކަމަށް ރައީސް އައިވަން ތުހުމަތު ކުރައްވާފައިވާތީ އެވެ.

އިއްޔެގެ ހަމަލާގައި ރައީސް އައިވަން އާއި ހެލިކޮޕްޓަރުން ދަތުރު ކުރެއްވި އެއްވެސް ބޭފުޅަކަށް އަނިޔާވެފައެއްނުވެ އެވެ. އެކަމަކު ހެލިކޮޕްޓަރަށް ވަޒަން އަރާފައިވެ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ކޮލަމްބިއާ ރައީސް ދަތުރު ކުރި ހެލިކޮޕްޓަރަށް ބަޑި ޖެހި ބައެއްގެ މައުލޫމާތުދޭ މީހަކަށް ފައިސާގެ އިނާމު"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.