މިޔަންމާގައި 668 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި ނައްތާލައިފި

މިޔަންމާގައިި 668 މިލިއަން އެމެރިކާގެ ޑޮލަރުގެ މަސްތުވާތަކެތި ނައްތާލައިފި އެވެ.

މި ތަކެތި ނައްތާލާފައި ވަނީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލް އަގުވާމީ މަސްތުވާތަކެތީގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާއެއްގައި އެވެ.

އިޝްތިހާރު Below Header ad

މިއަދު ކުރިޔަށް ގެންދިޔަ މި މަސައްކަތުގައި ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި ކެނެބިސް، ހިރޮއިން، ކެޓަމީން، ޓްރެމެޑޯލް އަދި އައިސް ހިމެނެ އެވެ. މީގެ ތެރޭގައި 224 މިލިއަން މެތް ޓެބްލެޓު ހިމެނޭ ކަމަށް މިޔަންމާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެ އެވެ.

އދ. އިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އިރުމަތީ އަދި ދެކުނު އިރުމަތީ އޭޝިއާގައި އެންމެ ގިނައިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތް އުފައްދަނީ މިޔަންމާގެ ޝާން ސްޓޭޓުގައި ކަމަށެވެ.

އަދި އެ އެ ގައުމުން އޮސްޓްރޭލިއާ އާއި ޖަޕާނު ފަދަ ގައުމުތަކަށް ވެސް އެ ތަކެތި އެތެރެކުރާ ކަމަށް އދ. އިން ބުންޏެވެ.

ކޮވިޑާ ގުޅިގެން ދަތުރު ކުރުމުގައި ހުރަސްތައް ހުރި ނަމަވެސް އިރުމަތީ އަދި ދެކުނު އިރުމަތީ އޭޝިއާގައި މެތަމްފެޓަމައިންގެ މާރުކޭޓް ފުޅާވެފައިވާ ކަމަށްވެސް އދ. އިން ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.