ޚަބަރު ފީތާ

ފައިޒާއިން ވެކްސިންވެސް ޑެލްޓާ ވޭރިއަންޓާއި ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ބުނެފި

ފައިޒާ ވެކްސިންވެސް ޑެލްޓާ ވޭރިއަންޓް ނުވަތަ އިންޑިއާ ވޭރިއަންޓާއި ދެކޮޅަށް މަސައްކަތް ކުރާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިހެން ބުނެފައިވަނީ މިހާރު ބޭނުންކުރާ ކޯވިޑް ވެކްސިންތަކުގެ ބާރު ޑެލްޓާ ވޭރިއަންޓުން ދަށްވާ ކަމަށް ޑަބްލިއުއެޗްއީއިން ބުނެފައިވަނިކޮށެވެ.

ފައިޒާއިން ބުނީ އެ ވެކްސިން ވަރަށް ފުރިހަމައަށް އެ ވޭރިއަންޓާއި ދެކޮޅަށް މަސައްކަތް ކުރާ ކަމަށެވެ. އެ ކުންފުނިން ހެދި ލެބޯރަޓަރީ ޓެސްޓު ތަކުގެ 90 ޕަސެންޓު ނަތީޖާ ދައްކަނީ ޑެލްޓާ ވޭރިއަންޓާއި ދެކޮޅަށް ފައިޒާ ވެކްސިން މަސައްކަތް ކުރާ ކަންކަމަށެވެ.

ފައިޒާ ވެކްސިން އުފައްދާ ކުންފުނީގެ އިންޑިއާއިން ވަނީ އެ ގައުމުގެ ދެ ވެކްސިން ކަމަށްވާ ކޮވިޝީލްޑާއި ކޮވެކްސިންވެސް އެ ވޭރިއަންޓާއި ދެކޮޅަށް މަސައްކަތް ކުރާ ކަމަށެވެ.

ފައިޒާއިން މިހެން ބުނެފައިވާއިރު އެ ކުންފުނިން ދަނީ އިންޑިއާއަށް ވެކްސިން ވިއްކުމުގެ ބޮޑު އެއްބަސްވުމެއްގައި ސޮއި ކުރުމުގެ އެންމެ ފަހުގެ މަރުހަލާގެ ކަންކަން ނިންމަމުންނެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: