ޚަބަރު ފީތާ

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް އުފާވެރި ޚަބަރެއް!

ކޮވިޝީލްޑުގެ ދެވަނަ ޑޯޒު ނުހަޖާ ފަރާތްތަކަށް އެކްސްޓްރަޒެނެކާ ގެ ދެވަނަ ޑޯޒު ޖެހޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އާއްމުން ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދާ ސުވާލާއި ޖަވާބުގައި އެޗްޕީއޭ އިން ބުނެފައިވަނީ ކޮވިޝީލްޑް އަދި އެސްޓްރާ ޒެނެކާ ވެކްސިނަކީ، އެސްޓްރާ ސެނެކާ ކުންފުންޏާއި އޮކްސްފޯޑް ޔުނިވަރސިޓީން ތައްޔާރު ކޮށްފައިވާ ފޯމިއުލާއަކުން ހަފާދައިވާ ދެ ވެކްސިން ކަމަށެވެ. އަދި އެ ދެ ވެކްސިންގެ، އެއް ވެކްސިންގެ ބަދަލުގައި އަނެއް ވެކްސިން ބޭނުން ކުރެވޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައި ވާ ކަމަށެވެ.

އެޗްޕީއޭ އިން މިހެން ބުނެފައި މިވަނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފުތާ ވެފައި ވާނަމަ، ވެކްސިން ޖެހުން އަލުން ފަށަން ޖެހޭނެތޯ މީހުން ސުވާލު އުފައްދަމުން އަންނަވަގުތެއްގަ އެވެ.

އެޗްޕީއޭ އިން ބުނީ ވެކްސިންގެ ދެވަނަ ޑޯޒް 8 ހަފްތާއާއި 12 ހަފްތާގެ މުއްދަތުގެ ތެރޭގައި ނުޖެހުނު ކަމުގައި ވިޔަސް، ވެކްސިން ޖެހުން އަލުން ފަށަން ނުޖެހޭނެ ކަމަށެވެ. އަދި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒު ޖެހިތާ 6 މަސް ދުވަސް ތެރޭ ދެވަނަ ޑޯޒު ޖެހުމުންވެސް ދިފާޢީ ނިޒާމު ކޮވިޑް-19 ވައިރަސްއާއި ދެކޮޅަށް މަސައްކަތް ކުރާ ކަމަށް، ފަހުގެ ދިރާސާތަކުން ދައްކާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮވިޑަށް ފައްސިވެފައިވާ މީހެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ނަމަ، 14 ދުވަސް ކަރަންޓީން ވާން ޖެހޭނެ ކަމަށާއި ކަރަންޓީން މުއްދަތު ހަމަވުމުން ޓެސްޓުގެ ނަތީޖާ ނެގެޓިވް ނަމަ ވެކްސިން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.

ނަމަވެސް ކަރަންޓީން މުއްދަތު ނިންމުމަށް ނަގާ ޓެސްޓުން ޕޮޒިޓިވް ނަމަ، ބަލީގެ އަލާމާތްތައް ފެންނަން ފެށިތާ ނުވަތަ ސާމްޕަލް ނެގިތާ 28 ދުވަސް ހަމަވުމުން ވެކްސިން ޖެހޭނެކަމަށް އެޗްޕީއޭއިން ބުނެ އެވެ.

Like
Like Love Haha Wow Sad Angry
3
%d bloggers like this: