
އެޑިއުކޭޝަނާއި އެމްކިއުއޭ ފަހުމުނާމާއެއްގައި ސޮއިކޮށްފި
މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އާދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ވަރލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ކޮލިފިކޭޝަންސް އިންފޮމޭޝަން ސިސްޓަމް ޤާއިމު ކުރެވުމުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް މި ސިސްޓަމްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ސީދާ އެމް.ކިޔޫ.އޭ އާދެމެދު މަޢުލޫމާތު ޙިއްސާކުރެވޭނެއެވެ.
އެގޮތުން ކޯސްތައް ހިންގުމުގެ ހުއްދަ ހޯދުމުގައާއި އެ މަރުކަޒުތަކުން އެމް.ކިޔޫ.އޭ އިން ހޯދަންޖެހޭ އެހެނިހެން ޚިދުމަތްތައް ހޯދުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް އެފަރާތްތަކަށް ލިބިގެންދާނެއެވެ.
އަދި ދަރިވަރުންގެ ރެކޯޑްތައް ފުރިހަމައަށް މި ސިސްޓަމުގައި ބެލެހެއްޓޭ އިރު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ކޯސް ތަކުގައި ބައިވެރިވުމުގެ ކުރިން ”އިންސްޓިޓިއުޓް އެންޑް ޕްރޮގްރާމް ރިކޮގްނިޝަން“ ލިޔުން ހޯދުމަށް މި ސިސްޓަމްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެ އޮތޯރިޓީއަށް ހުށަހެޅޭނެއެވެ.
މި ފަހުމުނާމާގައި އެމް.ކިޔޫ.އޭ ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު ޝިހާމް އެވެ. އެން.ސީ.އައި.ޓީ ގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އަޝްމަލީ އެވެ.