ޔޫރޯ 2020: (ގުރޫޕް އެފް) ޖަރުމަން – ހަންގޭރީ

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް އެފްގެ ފަހު މެޗުގައި ޖަރުމަނާއި ހަންގޭރީ މިރޭ ބައްދަލުކުރާނެއެވެ. މި ދެޓީމު މިރޭ ބައްދަލުކުރާއިރު، މި މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ދެ ޓީމަށްވެސް އެބައޮތެވެ. އެހެން ކަމުން މިރޭގެ މި މެޗަކީ މި ދެ ޓީމަށްވެސް މުހިންމުކަން ބޮޑު މެޗެކެވެ.

މިރޭގެ މެޗަށް ނިކުންނައިރު، ޖަރުމަނުން ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ފްރާންސް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެކަމަކު ދެވަނަ މެޗުގައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ހަންގޭރީ ކުޅުނު ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ.

އިޝްތިހާރު Below Header ad

ގްރޫޕް އެފް އަށް ބަލާއިރު، މި ގުރޫޕުގެ އެއްވަނާގައި މިވަގުތު އޮތީ ދެމެޗުން ލިބުނު ހަތަރު ޕޮއިންޓާއި އެކު ފްރާންސްއެވެ. ގުރޫޕުގެ ދެވަނާގައި ކުޅުނު ދެމެޗުން ތިން ޕޮއިންޓު ލިބިގެން އޮތީ ޖަރުމަންއެވެ. ތިންވަނާގައި ތިން ޕޮއިންޓާއި އެކު ޕޯޗުގަލް އޮތްއިރު، އެއް ޕޮއިންޓާއި އެކު ގުރޫޕުގެ އެންމެ ފަހަތުގައި އޮތީ ހަންގޭރީއެވެ.

ޖަރުމަން އަދި ހަންގޭރީގެ ތާރީޚީ ބައްދަލުކުރުންތައް

ޖަރުމަން އަދި ހަންގޭރީ މީގެ ކުރިން 34 ފަހަރު ބައްދަލުކޮށްފައިވެއެވެ. މީގެ ތެރެއިން ޖަރުމަން 14 ފަހަރު މޮޅުވެފައިވާއިރު، ހަންގޭރީ މޮޅުވެފައިވަނީ 10 ފަހަރުއެވެ. 10 މެޗު ވަނީ އެއްވަރުވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.