އިންޑިއާގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 30 މިލިއަނަށް އަރައިފި

އަވަށްޓެރި އިންޑިއާ އިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 30 މިލިއަނަށް އަރައިފި އެވެ.

އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން އާންމު ކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުގައި ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 30,028,709 އަށް އަރާފައި އެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދަކީ 390,660 އެވެ.

އިޝްތިހާރު Below Header ad

މިދިޔަ24 ގަޑިއިރަށް ބަލާއިރު އެ ގައުމުން 50,848 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. އަދި 1,358 މީހުން މަރުވެފައިވެ އެވެ.

އިންޑިއާގައި މިހާތަނަށް ހޮސްޕިޓަލުގެ ކޯވިޑަށް ފަރުވާ ދީފައިވަނީ 28,994,855 މީހުންނަށެވެ. އޭގެ ތެރެއިން މިދިޔަ 24 ގަޑިއިރު ތެރޭގައި ފަރުވާ ދިނުމަށް ފަހު ބަލިން ރަނގަޅުވެގެން ދޫކޮށްލާފައިވަނީ 68,817 މީހުންނެވެ.

ކޯވިޑް-19 ގައި އިންޑިއާ އަކީ އެންމެ ނުރައްކާތެރި ހާލަތުގައި އޮތް ގައުމެވެ. މިދިޔަ ދެ މަހެއްހާ ދުވަހު ކޮންމެ ދުވަހަކު އެ ގައުމުން ކޯވިޑަށް ދެ ލައްކައަށް ވުރެ ގުނަ މީހުން ޕޮސިޓިވްވެ 3،000 އަށްވުރެ ގިނަ މީހުން މަރުވެފައި އެވެ.

އިންޑިއާގެ ކޯވިޑް ހާލަތު މިމަހު ކޮންމެސް ވަރަކަށް ރަނގަޅުވަމުން އަންނަ އިރު އަނެއްކާ ކޯވިޑްގެ އާ ވޭރިއަންޓު، ޑެލްޓާ ޕްލަސް އިންޑިއާގައި ފެތުރުމުގެ ބިރު އޮތް ކަމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަ ކޮށްފައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.