ޚަބަރު ފީތާ

މީދަލުގެ އުނދަގޫ ބޮޑުވެގެން އޮސްޓްރޭލިއާގެ ޖަލެއް ހުސްކުރަން މަޖުބޫރު ވެއްޖެ

މީދަލުގެ އުނދަގޫ ބޮޑުވެގެން އޮސްޓްރޭލިއާގެ ވެލިންގްޓަން ކަރެކްޝަނަލް ސެންޓަރު ހުސްކުރަން ޖެހިއްޖެ އެވެ.

އެގައުމުގެ ނިއު ސައުތް ވޭލްސްގައި ހުންނަ އެޖަލުން 400 ގައިދީންނާއި 200 މުވައްޒަފުން ކުރިޔަށް އޮތް ދެ ދުވަސް ތެރޭގައި ނެރެ އެތަން ހުސްކުރާނެ އެވެ. އެމީހުން ދެ ހަފްތާއަށް އެ ސިޓީގެ އެހެން ފެސިލިޓީތަކުގައި ބޭ ތިއްބުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ޖަލުގެ އިސް ފަރާތްތަކުން މީޑިއާގައި ބުނެފައިވަނީ ޖަލު ހުސް ކުރަން ޖެހުނީ މީދަލުގެ އުނދަގުލާއި ހެދި އިތުރު ގޮތެއް ނެތިގެން މަޖުބޫރީ ހާލަތުގައި ކަމަށެވެ. މީދާ ގިނަވެ މުޅި ޖަލު ތެރޭގައި ބެކްޓީރިއާ އުފެދިފައިވާ ކަމަށް ބުނެފައިވެ އެވެ.

އަދި ބުނީ މީދާ ނޫޅޭ ތަނެއް އެ ޖަލުގައި ނެތް ކަމަށެވެ. އެގޮތުން އިމާރާތްތަކުގެ ސީލީނގާއި ކަރަންޓު ނަރުތައްވެސް ދަތް އަޅައި ހަލާކުކޮށްފައިވާ ކަމަށާއި ޖަލުގައި ކުޑަ ޖާގައެއް ހުރެއްޖިއްޔާ އެތަނަށްވަދެ ހާލި ހަދައި މުޅި ޖަލު ހަލާކު ކުރަމުންދާ ކަމަށެވެ.

އެ ޖަލުން ބުނީ ގައިދީން އަލުން ބަދަލު ކުރުމަށް ދެ ހަފްތާ ޓާގެޓު ކޮށްގެން އުޅުނަސް ހަތަރު ވަރަކަށް މަހުން ނޫނީ މުޅި ޖަލު މީދަލުން ސަލާމަތް ނުވާނެ ކަމަށެވެ. އަލި އަލުން ހަލާކުވެފައިވާ ތަންތަން ހަދާއިރު މީދަލަށް ނުވަދެވޭނެ ގޮތް ހަދާނެ ކަމަށް ބުނެ އެވެ.

ނިއު ސައުތް ވޭލްސްގެ އެ ޖަލުގެ އިތުރުން ދަނޑުވެރިންނަށްވެސް ދަނީ މީދަލުގެ އުނދަގޫ ފޯރަމުންނެވެ. އެގޮތުން މީދަލުން ޖެހޭ ބެކްޓީރިއާއެއް އެމީހުންގެ ދަނޑުތަކުގައި ހައްދާ ތަކެތެއްޗަށް ޖެހެމުންދާ ކަމަށް ބުނެފައިވެ އެވެ.

Like
Like Love Haha Wow Sad Angry