ޔޫރޯ 2020: (ގުރޫޕް ޑީ) ކްރޮއޭޝިއާ – ސްކޮޓްލެންޑް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީ ގައި މިރޭ ކްރޮއޭޝިއާ އާއި ސްކޮޓްލެންޑް ބައްދަލުކުރާނެއެވެ. މިރޭގެ މެޗަށް މި ދެޓީމު ނިކުންނައިރު، މި ދެޓީމަށްވެސް ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އަދި އެބައޮތެވެ. ގުރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗަށް މިރޭ ކްރޮއޭޝިއާއާއި ސްކޮޓްލެންޑް ނިކުންނައިރު، މި ދެޓީމު ވެސް ވަނީ ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން ބަލިވެ އެއް މެޗުން އެއްވަރުވެފައެވެ. އެހެން ކަމުން މި ދެޓީމުން ކުރެ ކޮންމެ ޓީމަކަށް ވެސް ވަނީ އެއް ޕޮއިންޓް ލިބިފައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗައި އިންގްލެންޑް އަތުން 1-0 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ވަނީ ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި އެ ޓީމުން ވަނީ ޗެކް ރިޕަބްލިކާ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ.

އިޝްތިހާރު Below Header ad

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ސްކޮޓްލެންޑް އެޓީމުން ކުޅުނު ފުރަތަމަ މެޗުން ޗެކް ރިޕަބްލިކް އަތުން 2-0 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. އެޓީމު ކުޅުނު ދެވަނަ މެޗުގައި އިންގްލެންޑާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ.

ގުރޫޕް ޑީއަށް ބަލާއިރު، މި ގްރޫޕުގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއި އެކު މިވަގުތު އޮތީ ޗެކް ރިޕަބްލިކްއެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން މި ގުރޫޕްގެ ދެވަނާގައި އޮތީ އިންގްލެންޑެވެ. ޗެކް ރިޕަބްލިކަށް ގުރޫޕުގެ އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތިންވަނާގައި ކްރޮއޭޝިއާ އޮތް އިރު، ގުރޫޕުގެ ފުލުގައި އޮތީ ސްކޮޓްލެންޑެވެ. މި ދެޓީމައްވެސް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާއިރު، ކްރޮއޭޝިއާއަށް ތިންވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ކްރޮއޭޝިއާ އަދި ސްކޮޓްލެންޑްގެ ތާރީޚީ ބައްދަލުކުރުންތައްް

ކްރޮއޭޝިއާ އަދި ސްކޮޓްލެންޑް މިހާތަނަށް ފަސް ފަހަރު ވަނީ ބައްދަލުކޮށްފައެވެ. މީގެ ތެރެއިން ދެފަހަރު ސްކޮޓްލެންޑް މޮޅުވެފައިވާއިރު، ކްރޮއޭޝިއާއަށް އެއްވެސް މެޗަކުން ސްކޮޓްލެންޑުގެ މައްޗަށް ކުރި ހޯދިފައެއް ނުވެއެވެ. ތިން މެޗު ވަނީ އެއްވަރުވެފައެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ2013 ވަނަ އަހަރު ޔޫރޯ ކޮލިފައިންގައެވެ. މި މެޗު 0-2 އިން ކާމިޔާބު ކޮށްފައިވަނީ ސްކޮޓްލެންޑުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.