މިހާރު ހުރި ކޮވިޑް ވެކްސިންތަކުން ޑެލްޓާ ވޭރިއަންޓަށް އަސަރު ކުރާވަރު ދަށް

ދުނިޔޭގައި މިހާރު ކޯވިޑް-19 އަށް ބޭނުން ކުރަމުންދާ ވެކްސިންތަކުން ޑެލްޓާ ވޭރިއަންޓު ނުވަތަ އިންޑިއާ ވޭރިއަންޓަށް އަސަރު ކުރާވަރު ދަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

އެ ޖަމިއްޔާއިން މިއަދު ބުނީ ޑެލްޓާ ވޭރިއަންޓު ޖެހޭ މީހުންނަށް ވެކްސިން ޖަހާފައި ހުއްޓަސް ބަލީގެ އަސަރު ވަރަށް ބޮޑަށް ކުރާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެކަމަކު އަދިވެސް ވެކްސިނަކީ ބަލިތަކުން ދިފާއުވުމަށާއި މިފަދަ ގައިން ގަޔަށް އަރާ ބަލިތަކުގައި މަރުވުމުން ސަލާމަތްވުމަށް ރައްކާތެރި އެއްޗެއް ކަމަށް ބުނެފައިވެ އެވެ.

އިޝްތިހާރު Below Header ad

ޑަބްލިއުއެޗްއޯއިން ބުނީ އެ ޖަމިއްޔާގެ ހޯދުން ތަކަށް ބަލާއިރު ކޮރޯނާ ވައިރަސް އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ކުރިޔަށް އޮތްތާވެސް ވެކްސިންގެ ބާރު ދައްވާވަރުގެ ވޭރިއަންޓުތައް އަންނާނެ އެވެ.

ޑެލްޓާ ވޭރިއަންޓު ފެނިފައިވަނީ އިންޑިއާއަށް ކޯވިޑްގެ ދެވަނަ ރާޅު އެރުމާއި އެކު އެވެ.

ރާއްޖެއިންވެސް މި ފަހުން އެންމެ ގިނައިން މީހުން ޕޮސިޓިވްވަމުން ދަނީ ޑެލްޓާ ވޭރިއަންޓަށް ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.