ކުރީގެ ރައީސް ޔާމީން އާ ގުޅޭގޮތުން ރާއްޖެ އެމްވީގައި ޖެހީ ދޮގުޚަބަރެއް: ޕީޕީއެމް

ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ގުޅޭ ގޮތުން ރާއްޖެ.އެމްވީ ގައި ޝާއިޢު ކޮށްފައިވާ ޚަބަރަކީ ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއްގެ މައްޗަށް އުފަން ކުރުވާފައިވާ ދޮގު ޚަބަރެއް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް.) އިން ބުނެފި އެވެ.

ޕީޕީއެމް އިން ބުނީ ރާއްޖެއެމްވީގެ އަމްނާ އިމާދު ކިޔާ ބޭފުޅަކު ލިޔެ ޝާއިޢުކޮށްފައިވާ ޚަބަރަކީ އެއްވެސް ވަރަކަށް ކަމުގެ މަޢުލޫމާތު ސާފުކުރުމެއް ނެތި، ނޫސްވެރިކަމުގެ އުސޫލުތަކާއި އަޚްލާޤީ މިންގަނޑުތަކުގެ ބޭރުން ލިޔެފައިވާ ޚަބަރެއް ކަމަށެވެ.

އިޝްތިހާރު Below Header ad

އެ ޚަބަރުގައި ރައީސް ޔާމީން ވީޑިއޯ ކޮންފަރަންސްތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމާއި ލީޑަރޝިޕް އަދި ކައުންސިލް ގްރޫޕްތަކުގައި ވާހަކަފުޅު ދައްކަވާ ކަމަށް ބުނެފައިވާއިރު، ޕާޓީގެ އެފަދަ އެއްވެސް ޙަރަކާތެއްގައި މިހާތަނަށް ބައިވެރިވެވަޑައިގެންފައެއް ނުވާ ކަމަށް ޕީޕީއެމް އިން ބުންޏެވެ. އަދި އެއްވެސް ބޭފުޅަކަށް ނުފޫޒު ފޯރުވައިގެން ކަމެއް ޙާސިލު ކުރައްވަން މަސައްކަތް ކުރައްވާފައި ނުވާކަމަށް ވެސް ބުނެފައި ވެއެވެ.

ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާލޭގެ ޑެޕިއުޓީ މޭޔަރު ހޮވުމުގައިވެސް ޕާޓީން ޢަމަލުކޮށްފައިވަނީ ޑިމޮކްރެޓިކް އުސޫލުތަކާއި އެއްގޮތް ވާގޮތުގެ މަތިން ކަމަށެވެ. އަދި މިކަމުގައި ޢަމަލުކުރަންވީ ގޮތް ބަޔާންކޮށް ޕާޓީގެ ފަރާތުން 2021 މެއި 16 ގައި ޢާންމުކޮށް ނެރެފައިވާ ސަރކިއުލަރ އާ އެއްގޮތަށް ކަމަށެވެ.

އެހެން ކަމުން ރާއްޖެ.އެމްވީ ގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބަދުނާމުކޮށް ޝާއިޢުކޮށްފައިވާ ދޮގު ޚަބަރު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި މި ދޮގު ޚަބަރާއި ގުޅިގެން މިފަދަ ކަންކަން ބެލުމަށް އުފައްދާފައިވާ ބްރޯޑްކާސްޓިންގ ކޮމިޝަން، މޯލްޑިވްސް މީޑިއާ ކައުންސިލް ފަދަ ދައުލަތުގެ މުއައްސަސާތަކުން މިކަން ބައްލަވާ ފިޔަވަޅު އެޅުއްވުމަށް ވެސް ގޮވާލާފައި ވެއވެެ.

މީގެ އިތުރުން ނޫސްވެރިންގެ ގޮތުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ސިޔާސީ ނުފޫޒުން އެއްކިބާވެގެން ތިބެ، ކަމުގެ ޙަޤީޤަތް ރައްޔިތުންނާއި ހަމައަށް ގެނެސް ދިނުމުގައި ޒިންމާދާރު ކަމާއެކު ޕްރޮފެޝަނަލް މިންގަނޑުގެ ތެރޭގައި މަސައްކަތް ކުރުމަށްވެސް ޕީޕީއެމް ގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.