އާބާދީ ބޮޑު 6 ސަރަހައްދެއްގައި ސޯލަރ ޕެނަލް ގާއިމުކުރުމަށް ބީލަމަށް ހުޅުވާލައިފި

ރާއްޖޭގެ އާބާދީ ބޮޑު ހަ ސަރަހައްދެއްގައި 11 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމް ޤާއިމުކުރުމަށް ހުޅުވާލި ފުރުސަތުގައި އެމަސައްކަތްކުރުމަށް ޕްރިކޮލިފިކޭޝަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ބިލަން ހުށަހެޅުމަށް ދައުވަތު ދީފި އެވެ.

މިއީ މިނިސްޓްރީ އޮފް އެންވަޔަރަންމެންޓާއި ވަލްޑް ބޭންކާއި ގުޅިގެން ހިންގާ އެކްސެލެރޭޓިންގ ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ކުރާ ހިންގާ ޕްރޮޖެކްޓެކެވެ.

އިޝްތިހާރު Below Header ad

މި މަޝްރޫޢުގެ ދަށުން 11 މެގަވޮޓް ސޯލަރ ޕީވީ ޤާއިމުކުރަނީ އައްޑޫ ސިޓީ (ހުޅުދޫ މީދޫ ހިމެނޭ ގޮތަށް)، ފުވައްމުލައް ސިޓީ، ކުޅުދުއްފުށީ ސިޓީ އާއި ގދ. ތިނަދޫ. ބ. އޭދަފުށި އަދި ޅ. ހިންނަވަރު ގަ އެވެ.

މި ސަރަހައްދުތަކުގެ ސޯލާރ ހަކަތައިގެ ނިޒާމު ޤާއިމުކުރުމަށް ބީލަން ހުށަހަޅަންޖެހޭ ސުންގަޑިއަކީ 14 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހެވެ.

މި މަޝްރޫޢުގެ މަސައްކަތައް ހުޅުވާލުމުން 61 ކުންފުންޏަކުން ވަނީ މި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް ޕްރިކޮލިފިކޭޝަން ހުށަހެޅުމަށްޓަކައި ރަޖިސްޓަރވެފަ އެވެ. އަދި އޭގެތެރެއިން 34 ކުންފުންޏަކުން ވަނީ މި ނިޒާމްތައް ޤާއިމްކުރުމަށް ޕްރިކޮލިފިކޭޝަން ހުށަހަޅާފައެވެ.

މިފަދަ މަޝްރޫޢުތަކުގައި އަމަލުކުރާ އުސޫލުތަކަކީ މަޝްރޫއަށް އިއުލާންކޮށް ޕްރިކޮލިފިކޭޝަން ހުށަހަޅާ ފަރާތްތައް އިވެލުއޭޓްކޮށް މި ކުންފުނިތަކަކީ މިފަދަ މަސައްކަތްކުރުމަށް ފަންނީ އަދި މާލީ ގާބިލުކަން ހުރި ކުންފުނިތަކެއްތޯ ވަޒަންކޮށް، ބީލަން ހުށަހެޅުމުގެ ދައުވަތު ދެނީ ހަމައެކަނި ޝަރުތު ހަމަވާ ކުންފުނިތަކަށެވެ.

އެގޮތުން މި މަޝްރޫޢުގެ މަސައްކަތަށް ކުރިމަތިލި ކުންފުނިތަކުގެ ތެރެއިން ޝަރުތުހަމަވެ ބީލަން ހުށަހެޅުމުގެ ދައުވަތު އެރުވީ 12 ކުންފުންޏަކަށެވެ.

އެސަޕަޔަރ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 6 ސަރަހައްދެއްގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސޯލަރ ހަކަތައިގެ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ކުރީކޮޅު އެވެ.

އެސްޕަޔަރ ޕްރޮޖެކްޓްގެ އިތުރުން ވަރލްޑް ބޭންކްގެ އެހީގައި ހިންގާ އެރައިސް ޕްރޮޖެކްޓުންވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ސޯލަރ ޕީވީގެ ނިޒާމުތައް ގާއިމްކުރުމަށް ވަނީ އިއުލާނުކޮށްފަ އެވެ.

އެގޮތުން (އެރައިސް) ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި 11-14 މެގަވޮޓް ސޯލަރ ހަކަތައިގެ ނިޒާމެއް ރާއްޖޭގެ 14 ރަށެއްގައި ޤާއިމުކުރުމަށް ޖޫން މަހުގެ 17 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ.

އެ ރަށްތަކަކީ:

  1. ގއ. ވިލިނގިލި
  2. ދ. ކުޑަހުވަދޫ
  3. ށ. ފުނަދޫ
  4. ޅ. ނައިފަރު
  5. ލ. ފޮނަދޫ
  6. ލ. ގަން
  7. ލ. ހިތަދޫ
  8. ލ. މާމެންދޫ
  9. ލ. ކުނަހަންދޫ
  10. ލ. މާބައިދޫ
  11. ލ. ދަބިދޫ
  12. ލ. މާވަށް
  13. ލ. އިސްދޫ
  14. ލ. ކަލައިދޫ

އެސްޕަޔަރ އަދި އެރައިސް މަޝްރޫޢުގެ ދަށުން އަލަށް ސޯލަރ ޕީވީގެ ނިޒާމް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގައި 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.

މި ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ ސަބަބުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވިގެންދާނެއެވެ. އަދި ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ޖުމުލަ %30 އަށްވުރެން މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާންމު ކޮށްވެސް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ހައްލެއް ލިބިގެންދާނެ އެވެ.

މިނިސްޓްރީން ހިންގާ އެސްޕަޔަރ އަދި އެރައިސް މަޝްރޫޢަކީ، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށްކުރާ ޚަރަދު ކުޑަކޮށް ދިވެހިރާއްޖޭގައި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވާރލްޑް ބޭންކްގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ މަޝްރޫޢެކެވެ.

މިގޮތުން ޕްރައިވެޓް އިންވެސްޓްމަންޓްތައް ގެނައުމަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދައި، އިންވެސްޓްކުރުމަށް ފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް މަސައްކަތް ކުރުމާއިއެކު މިކަމަށް ފުރުޞަތުތައް ހުޅުވައިދިނުމާއި އަދި މިކަމާއި ގުޅޭ ތަމްރީން ދިނުން މި މަޝްރޫޢުގައި ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.