މުއްދަތު ހަމަވާން ކައިރިވެ، ބާރު ކެނޑިފައި ހުރި ވެކްސިން ފަލަސްތީނަށް ދިންކަމަށް އިސްރާއީލުން އެއްބަސްވެއްޖެ

ޕަލަސްތީން ސަރުކާރާއި އެކު ހެދި އެއްބަސްވުމުގެ ދަށުން އެގައުމަށް ދިނީ މުއްދަތު ހަމަވާން ކައިރިވެފައި ހުރި ވެކްސިން ކަމަށް އިސްރާއީލުން އެއްބަސް ވެއްޖެ އެވެ.

މި މައްސަލައިގަ ފަލަސްތީނުން ވަނީ އިސްރާއިލާއި އެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކޮށްފައި އެވެ. އަދި އިސްރާއީލުން ފޯރުކޮށްދީފައިވަނީ 90،000 ޑޯޒު ފައިޒާ ވެކްސިން އަނބުރާ އެ ގައުމަށް ފޮނުވާލަން ފަލަސްތީނުން ވަނީ ނިންމާފަ އެވެ.

އިޝްތިހާރު Below Header ad

ފަލަސްތީނުގެ ހެލްތް މިނިސްޓަރު މައި އަލް ކައިލާ އާއި ސަރުކާރުގެ ތަރުޖަމާނު އިބްރާހިމް މެލްހެމް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މެލްހެމް ވިދާޅުވީ އިސްރާއީލުން ދީފައިވާ ވެކްސިން އިސްރާއީލުން ފޯރުކޮށްދީފައިވާ ވެކްސިން ޑޯޒުތައް ދެގައުމުން ވެފައިވާ އެއްބަސްވުމަށް ނުފެތޭ ކަމަށެވެ. އަދި އެކަން ޔަގީން ކުރީ ޓެކްނިކަލް ޓީމަކުން ޓެސްޓު ކުރުމަށް ފަހު ކަމަށް ބުނެ އެވެ.

ޕަލަސްތީނުން ބުނީ އިސްރާއީލުން ދީފައިވަނީ އެކަށީގެންވާ ފިނި ހޫނުމިނުގައި ނުބެހެއްޓުމުގެ ސަބަބުން އޭގެ ބާރުކެނޑިފައިވާ ވެކްސިންތަކެއް ކަމަށެވެ.

މި މައްސަލަ ފަޅާއެރުމުން އިސްރާއީލުގެ ސަރުކާރުން ވަނީ ފަލަސްތީނަށް ފޮނުވީ މުއްދަތު ހަމަވާން ގާތްވެފައިވާ ވެކްސިން ޑޯޒުތަކެއްކަމަށް އެންމެފަހުން އެއްބަސްވެފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލް އަގުވާނީ ޖަމާއަތްތަކުންވަނީ ސިއްހަތާގުޅޭ ކަމެއްގައި މިވަރުގެ ބޮޑު ޖަރީމާއެއް އިސްރާއީލު ހިންގާފައިވާތީ މިކަމުގައި ޝާމިލްވާ އިސްރާއީލުގެ މަސްއޫލުވެރިންގެ މައްޗަށް ތަހުގީގު ހިންގައި ދައުވާކުރުމަށް ގޮވާލާފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.