ޔޫރޯ 2020: އޮސްޓްރިއާ ބަލިކޮށް ނެދަލޭންޑްސް ދެވަނަބުރަށް

ޔޫރޯ 2020 ފުޓުބޯޅަ މުބާރާތުގައި އޮސްޓްރިއާ ބަލިކޮށް މުބާރާތުގެ ދެވަނަބުރުގެ ޖާގަައެއް ނެދަލޭންޑްސް އިން ހޯދައިފިއެވެ.

ރޭ އޮސްޓްރިއާއާއި ދެކޮޅަށް ކުޅުނު މެޗުން ނެދަލެންޑްސް މޮޅުވީ 0-2 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

ރޭގެ މެޗަށް ނިކުތްއިރު، މި ދެ ޓީމު ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ މޮޅުވެފައެވެ. ނެދްލޭންޑްސް މޮޅުވީ ޔޫކްރެއިން އަތުން 3-2 ގެ ނަތީޖާއަކުންނެވެ. އަދި އޮސްޓްރިއާ މޮޅުވީ ނޯތް މެސެޑޯނިއާ އަތުން 3-1 ގެ ނަތީޖާއަކުންނެވެ. ނެދަލޭންޑްސް ދެވަނަބުރަށް ދިޔައީ ކުޅުނު ދެ މެޗުންވެސް މޮޚުވެ ލިބުނު ހަ ޕޮއިންޓާއެކުއެވެ.

ރޭގެ މެޗު ފަށައިގެންވެސް މޮޅަށް ކުޅެފައިވަނީ ނެދަލޭންޑްސް އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ވަރަށް ކުރީކޮޅު ނެދަލޭންޑްސް ވަނީ ލިބުނު ޕެނަލްޓީއަކުން ލަނޑުޖަހާ ލީޑުނަގާފައެވެ. މެޗުގެ 9 ވަނަ މިނެޓުގައި ލިބުނު މި ޕެނަލްޓީ ކާނިޔާބު ކޮށް ދިނީ މެމްފިސް ޑިޕާއީ އެވެ.

ނެދަލެންޑްސްއިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފަށް ކުޅެން ނިކުނެ ނެދަލޭންޑްސް އިން ލީޑު ފުޅާކުރީ މެޗުގެ 67 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑަމްފްރީސް އެވެ.

މި ނަތީޖާގައި ނެދަލެންޑްސް މޮޅުވިއިރު، މިއީ މިހަހަރުގެ ޔޫރޯ މުބާރާތުގެ ދެވަނަބުރަށް ދަތުރުކުރި ތިންވަނަ ޓީމެވެ. މިހާތަނަށް ތިންވަނަ ބުރަށް ދަތުރުކުރި ޓީމުތަކަކީ ބެލްޖިއަމް އާއި އިޓަލީއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.