ޚަބަރު ފީތާ

ހިޔާ ފްލެޓުތަކަށް ކަރަންޓު ލެވޭނެ ދުވަހެއް އަދިނޭނގެ: މިނިސްޓަރ އަސްލަމް

ކަރަންޓު ދިނުމުގައި ކުޑަ ދަތިކަމެއް ކުރިމަތި ވެފައިވާތީ، އެ ފްލެޓުތަކަށް ކަރަންޓު ލެވޭނެ ދުވަހެއް އަދިނޭނގޭ ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ކުއްޔާ ގުޅޭ ގޮތުން ހައުސިންގ މިނިސްޓްރީ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި މާލެ ސިޓީ ކައުންސިލުން ކުރި މަޝްވަރާގެ މައުލޫމާތު ދިނުމަށް އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ އެ ފްލެޓުތަކަށް ކަރަންޓު ދިނުމަށް އެންމެ ކުރިއްސުރެވެސް ހަވާލު ކޮށްފައި އޮތީ ޗައިނާގެ ކުންފުންޏަކަށް ކަމަށެވެ.

” އެ މަސައްކަތުގެ ތެރެއިން މިހާރު ޓްރާންސްފޯމަރ މިހާރުވަނީ ރާއްޖެ ގެނެސްފަ. އެކަމަކު ޓްރާންސްފޯމަރުތައް އިންސްޓޯލް ކުރަން އަންނަން ޖެހޭ ފަރާތްތަކަށް ޗައިނާއިން ރާއްޖެއަށް ނާދެވިގެން އުޅެނީ.” އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އެ ހުއްދައެއް ޗައިނާ ސަރުކާރަކުން ނުދޭ ކަމަށާއި އެމީހުންނަށް އެހެން ބަޔަކު ލައްވާ އިންސްޓޯލް ކޮށްފި ނަމަ، ވޮރެންޓީ ގެއްލޭ ކަމަށެވެ.

އެ މަސައްކަތް ކޮށްދޭން ސްޓެލްކޯއިން ވެސް ތައްޔާރު ކަމަށާއި އެކަމަކު ދިމާވާ މައްސަލައަކީ ވޮރަންޓީ ގެއްލުން ކަމަށެވެ.

އެހެންކަމުން މައްސަލަ ހައްލު ކުރެވޭނެތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މައްސަލަ ހައްލު ނުވެއްޖެނަމަ ފްލެޓުތަކުގެ އެގްރިމަންޓުގައި ސޮއިކުރާ ދުވަހުން ފެށިގެން ފިނިޝިންގ ގެ މަސައްކަތްތަކަށް ދޭ ތިން މަސް ދުވަސް ގުނަން ނުފަށާނެ ކަމަށް ހައުސިންގ މިނިސްޓަރ އަސްލަމް މިއަދު ވިދާޅުވި އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ހިޔާ ފްލެޓުތަކަށް ކަރަންޓު ލެވޭނެ ދުވަހެއް އަދިނޭނގެ: މިނިސްޓަރ އަސްލަމް"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.