ޚަބަރު ފީތާ

އިސްރާއިލްގެ އާ ސަރުކާރު ވެރިކަމާއި ހަވާލުވިތާ އެއް ދުވަސް ފަހުން ގާޒާއަށް ހަމަލާ ދޭން ފަށައިފި

އިސްރާއީލުން ފަލަސްތީނުގެ ގާޒާއަށް އަނެއްކާވެސް ހަމަލާ ދޭން ފަށައިފި އެވެ.

މިއީ އިސްރާއީލުގެ އާ ބޮޑު ވަޒީރު ނަފްތާލީ ބެނެޓްގެ ދަށުން ހިންގާ ކޯލިޝަން ސަރުކާރު އައި ފަހުން ގާޒާއަށް ދިން ފުރަތަމަ ހަމަލާތަކެވެ. އަދި މިއީ މިދިޔަ މަހު 11 ދުވަސް ވަންދެން މެދުކެނޑުމެއް ނެތި އިސްރާއީލުން ދިން ހަމަލާތައް ހުއްޓާލުމަށް ފަހު ހަމަލާ ދިން ފުރަތަމަ ފަހަރެވެ.

އިސްރާއީލުން އަނެއްކާވެސް ގާޒާ އަށް ހަމަލާތަކެއް މި ދިނީ، އިއްޔެ ހަވީރު، އިރުމަތީ ގުދުސްގައި ހަރުކަށި ޔަހޫދީން ބޭއްވި ދިދައިގެ ހިނގާލުން ކުރިއަށް ގެންގޮސްފައި ވަނިކޮށެވެ. އެ ހިނގާލުމަކީ އިސްރާއީލްގެ އާ ސަރުކާރުގެ ހުއްދަ އާއި އެކު ބޭއްވި ހިނގާލުމެކެވެ.

މި ހިނގާލުން ކުރިޔަށް ދަނިކޮށް ގާޒާއިން އިސްރާއީލްގެ ތެރެއަށް، ގޮވާ ގޮތަށް ތައްޔާރުކޮށްފައި ހުރި ހީލިއަމް ހަންތަކެއް ފޮނުވާފައި ވެ އެވެ. އޭގެ އިތުރުން ޔަހޫދީންގެ ހިނގާލުމަށް ހުރަސް އަޅަން މަސައްކަތް ކުރި، ފަލަސްތީނު ރައްޔިތުންނާއި އިޒްރޭލު ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގާފައި ވެ އެވެ.

ހިނގާލުން ކުރިޔަށް ދިޔަ ގަޑީގައި އިސްރާއީލަށް ހަމަލާދިނީ ހަމާސް ޖަމާއަތުން ދުރާލާ އެ ހިނގާލުން ބާއްވައިފި ނަމަ ހަމަލާ ދޭނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އެވެ.

އިސްރާއީލް ސިފައިން ރޭ އަލުން ދޭން ފެށި ހަމަލާތައް އަމާޒު ކުރީ ގާޒާގެ މެދުތެރެ އަށާއި ގާޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނުސަށެވެ. އެ ހަމަލާތަކަކީ ހަމާސް ޖަމާއަތުގެ އަސްކަރީ މަރުކަޒުތަކުގެ ގޮތުގައި ބޭނުންކުރާ ބައެއް ތަންތަނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ބުނެ އެވެ.

އަދި މި ހަމަލާތަކަކީ އިއްޔެ ހިނގާލުމަށް ހުރަސް އެޅުމަށް ހަމާސްއިން ކުރި ކަންތަކަށް ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާ ކަމަށްވެސް ބުނެފައިވެ އެވެ. މި ހަމަލާ ތަކުގައި އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ.

އިއްޔެގެ ހިގާޒާގެ ތެރެއިން އެރުވި ހީލިއަމް ހަންތައް ފޭބީ، އިޒްރޭލާއި ގާޒާ ގުޅޭ ސަރަހައްދުގައިވާ މީހުން ނޫޅޭ ހިސާބަކަށް ކަމަށެވެ. އިސްރާއީލުން ބުނީ އެ ހަންތައް ވެއްޓުނު 20 ތަނެއްގައި އަލިފާން ހިފި ކަމަށެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: