ހިޔާ ފްލެޓް ލިބުނު މީހުންގެ ފަރާތްތަކުން މާލޭ ސިޓީ މޭޔަރާ ބައްދަލުކޮށްފި

ހިޔާ ފްލެޓް ލިބުނު މީހުންގެ ފަރާތްތަކުން މާލޭ ސިޓީ މޭޔަރާ ބައްދަލުކޮށްފި އެވެ.

މި ބައްދަލު ކުރުމާއި ގުޅޭގޮތުން ހިޔާ ފްލެޓް ލިބުނު މީހުންގެ ފަރާތުން އެޓޯލް ނިއުސްއަށް ބުނީ މި ބައްދަލުވުން ބާއްވާފައިވަނީ އެމް.ޑަބްލިއު.އެސް.ސީ ކަސްޓަމަރ ސަރވިސް 3 ވަނަ ފަންގިފިލާގައި ކަމަށެވެ.

އިޝްތިހާރު Below Header ad

ހިޔާ ފްލެޓްތަކުގެ އަގު ކުޑަ ކުރުމާއި ކުލީގެ އިންތިޒާމްތަކާއި ގުޅޭ ގޮތުން، މޭޔަރު ޑރ. މުޙައްމަދު މުއިއްޒު، ރައީސް ސޯލިހު އާއި މަޝްވަރާ ކުރެއްވި ކަމަށް މޭޔަރު ވިދާޅުވެފައިވާ ކަމަށް ވެސް އެފަރާތުން ބުންޏެވެ. އަދި އެކަމާއި ގުޅިގެން ފާއިތުވީ ހަފްތާގެ ބުދަ ދުވަހު ބާއްވާނެ ކަމަށް އިންތިޒާމް ކުރި ބައްދަލުވުން ފަސްކުރެއްވުމަށް ފަހު، ބާއްވާނެ ތާރީޚެއް އަންގަވާފައި ނުވާކަމަށް މޭޔަރު ވިދާޅުވި ކަމަށް ވެސް ބުންޏެވެ.

“ހިޔާ ފްލެޓްތަކުގެ އަގު ކުޑަކުރުމަކީ މޭޔަރުގެ ވިސްނުން. އަޅުގަނޑުމެން އެދިފައިވާ ގޮތަށް -/5600ރ އަށް ވުރެ ކުލި ބޮޑު ނުކުރުމަށް ސަރުކާރުގަ ވަކާލާތު ކުރައްވާނެ ކަމަށާ މޭޔަރު އަދި ސިޓީ ކައުންސިލުން އެކަމަށް ދުލެއް ނުދެއްވާނެ ކަމަށް މޭޔަރު ވިދާޅުވި.” ހިޔާ ފްލެޓު ލިބުނު މީހުންގެ ފަރާތުން ވާހަކަ ދެއްކި ފަރާތުން ބުންޏެވެ.

މީގެ އިތުރުން ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތަށް ހޭދަވާ ޖުމްލަ އަގާއި ފްލެޓުގެ ޖުމްލަ އަގު ބަލައި މިންކޮށް އިންޓީރިއާއަށް ހޭދަވާ އަގުގެ ތެރެއިން އެވްރެޖް އަގެއް ޖުމްލަ އަގުގެ ތެރެއިން އުނި ކުރުމަށް ދަންނަވާނެ ކަމަށާއި އެކަމަށް ވެސް ސިޓީ ކައުންސިލް ދޫ ނުދޭނެ ކަމަށް މޭޔަރު ވިދާޅުވި ކަމަށް ވެސް އެފަރާތުން ބުންޏެވެ.

ހިޔާ ފްލެޓް ލިބުނު މީހުންގެ ފަރާތުން ބުނީ ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓްތައް ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށް މާދަމާ ސިޓީ ކައުންސިލްގެ ފަރާތުން އެޗް.ޑީ.ސީ ގައި ދަންނަވާނެ ކަމަށާއި އެކަމަށް އިންތިޒާމް ހަމަޖައްސާތޯ ސިޓީ ކައުންސިލުން ބަލަމުންދާނެ ކަމަށެވެ. އަދި ޕެޓިޝަނާއި ގުޅިގެން ޖަވާބުތައް ލަސްވާނަމަ ޕަބްލިކް ފޯރަމަކަށް ދިއުމަށް ސިޓީ ކައުންސިލުން ތައްޔާރު ކަމަށާއި އެކަމުގެ އިންތިޒާމް ހިޔާ ޔޫނިއަން އާއި އެއްކޮށް ކުރާނޭ ކަމަށް މޭޔަރު ވިދާޅުވި ކަމަށް ވެސް އެފަރާތުން ބުންޏެވެ.

އެ ޔޫނިއަނުން ބުނީ ދައުލަތުގެ ގުޅުންހުރި އެހެނިހެން އިދާރާ ތަކުންވެސް ސިޓީ ކައުންސިލުން މި ދެއްކެވި ނަމޫނާ އާއި އެއްގޮތަށް މަޝްވަރާކޮށް މިކަމުގައި އަވަސް ޙައްލެއް ހޯއްދަވައި ދެއްވުން އެދޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.