ކާފިއު ގަޑި އަށް ބަދަލު ގެނެސްފި

މާލެ ސަރަހައްދުގައި އިޢުލާން ކޮށްފައިވާ ކާފިއު ގަޑިއަށް ބަދަލު ގެނެސްފި އެެވެ.

އެގޮތުން ގެނެސްފައިވާ ބަދަލަކީ ކާފިއު ވަގުތަކީ ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކަމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފަ އެވެ.

އިޝްތިހާރު Below Header ad

ޑރ. ނަޒްލާ ވިދާޅުވީ ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުއެއް ދީފައިވާ ކަމަށެވެ. އެގޮތުން އެކަނި ކަސްރަތު ކުރާ ފަރާތްތައް ފަތިހު 4 ން ހެނދުނު 8 ޖެހުމާއި ހަމައަށް ހުއްދައެއް ނެތި ކަސްރަތަށް ނުކުމެވޭނެ ކަމަށެވެ.

އެހެންނަމަވެސް ހެނދުނު 8 ގެ ފަހުން ބޭރުގައި އުޅެވޭނީ މިހާރެކޭ ވެސް އެއްގޮތަށް ހުއްދައާ އެކީގައި ކަމަށެވެ. އަދި މިސްކިތްތަކުގައި ނަމާދު ކުރަން ޢާންމުކޮށް ހުޅުވާލާފައި ނުވިނަމަވެސް، މިސްކިތުގައި ޖަމާޢަތް ނުހަދާ (އެކަނި) ނަމާދު ކުރެވޭނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ސެލޫން އަދި ބޯކޮށާ ތަންތަން ހުޅުވާނީ އެކަމަށް ޚާއްސަ ގައިޑްލައިންތައް އެކުލަވާލުމަށް ފަހު ކަމަށެވެ. އަދި އެގޮތަށް ވެސް ހުއްދަ ދޭނީ އެޕޮއިންޓްމެންޓު އުސޫލުން ކާފިއު ނޫން ގަޑިތަކުގައި ޚިދުމަތް ދިނުމަށް ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.