ކޮޕަ އެމެރިކާ 2021: ވެނެޒުއެލާ ބަލިކޮށް ބްރެޒިލުން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި

ދެކުރު އެމެރިކާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ރޭ ފެށިއިރު، ރޭ ފުރަތަމަ ކުޅުނީ ގުރޫޕް ބީގައި ހިމެނޭ ބްރެޒިލް އާއި ވެނެޒުއެލާގެ މެޗެވެ.

ވެނެޒުއެލާއާއި ދެކޮޅަށް ބްރެޒިލް ކުޅުނު މި މެޗު 0-3 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ބްރެޒިލްއެވެ.

އިޝްތިހާރު Below Header ad

ރޭގެ މެޗުގެ ފުރަތަމަ ހާފު ފަށައިގެން މޮޅަށް ކުޅެފައިވަނީ ބްރެޒިލްއިންނެވެ. އެގޮތުން މެޗުގެ 23 ވަނަ މިނެޓުގައި ބްރެޒިލް އިން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް މާކީނިއޯސް ކާމިޔާބު ކޮށްދިންއިރު، މެޗުގެ ދެވަނަ ލަނޑު 64 ވަނަ މިނެޓިގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ނޭމާއެވެ.
ބްރެޒިލް އިން މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ކާމިޔާބު މޮށްދިނީ ގެބްރިއަލް ބާބޯސާއެވެ.

މުބާރާތުގެ ދެވަނަ މެޗުހައި ބްރެޒިލް ނިކުންނާނީ މިމަހުގެ 18 ވަނަ ދުވަހު ޕެރޫއާއި ދެކޮޅަށެވެ. އަދި ވެނެޒުއެލާ ނިކުންނާނީ ކޮލަމްބިއާ އައި ދެކޮޅަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.