ޚަބަރު ފީތާ

ސަޢޫދީގެ ތަވައްކަލްނާ އެޕްލިކޭޝަން ބޭނުންކުރަން ފަށާ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ

ސަޢޫދީ ޢަރަބިއްޔާއިން ތައްޔާރުކޮށްފައިވާ “ތަވައްކަލްނާ” އެޕްލިކޭޝަން ބޭނުންކުރެވޭ ފުރަތަމަ ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެ އެވެ.

ތަވައްކަލްނާ އެޕްލިކޭޝަނަކީ ކޮވިޑް-19 އާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ ހެލްތު މިނިސްޓްރީން އެޕްރޫވްކޮށް، އެންމެހާ ފަރާތްތަކުގެ ސިއްހީ ޙާލަތު ދެނެގައުމަށާއި ކޮންޓެކްޓް ޓްރޭސިންއަށް ސަޢޫދީ ޢަރަބިއްޔާގައި ރަސްމީކޮށް ބޭނުންކުރާ އެޕްލިކޭޝަނެވެ.

ސަޢޫދީގައި އެއްތަނުން އަނެއްތަނަށް ވަދެ ނިކުތުމުގެ ހުއްދަ ދެނީ މި އެޕްލިކޭޝަން މެދުވެރިކޮށް އެމީހެއްގެ ސިއްހީ ހާލަތު ދެނެގައުމަށްފަހު އެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އެޕްލިކޭޝަން ބޭނުން ނުކުރާ ފަރާތްތަކަށް ސަޢޫދީ ޢަރަބިއްޔާގެ ޕަބްލިކް ތަންތަނަށް ވަދެ ނިކުމެ ނުހެދޭނެ އެވެ.

މި އެޕްލިކޭޝަން 74 ޤައުމަކަށް ސަޢޫދީން ވަނީ ހުޅުވާލާފަ އެވެ.

ސަޢޫދީޢަރަބިއްޔާގެ ރައްޔިތުން މި 74 ގައުމަށް ދަތުރުކުރާއިރު، އަދި މިގައުމުތަކުގެ ރައްޔިތުން ސަޢޫދީޢަރަބިއްޔާއަށް ދަތުރުކުރާއިރު މި އެޕްލިކޭޝަން ބޭނުންކުރަން ޖެހެ އެވެ.

Like
Like Love Haha Wow Sad Angry
1