ޚަބަރު ފީތާ

ގެވެށި އަނިޔާއިން ސަލާމަތްވާން ފިރިމީހާ ގަޔަށް ހޫނު ސައިތަށްޓެއް ޖަހައިފި

ސައުދީ އަރަބިއްޔާގައި އަތައް ސައުތަށްޓެއް ބަންޑުން ޖަހާލި ކަމަށް ބުނެ އަނބިމީހާގެ މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.

އެ ފިރިހެން މީހާ ފުލުހުންނަށް މައްސަލަ ހުށަހަޅަމުން ބުނީ އަނބިމީހާ އޭނާ ގަޔަށް ސައިތަށީ ޖެހުމުން ފިހުނީ އަތް ކަމަށެވެ. އަދި އެކަން ހިނގާފައިވަނީ ދެމީހުންގެ ދެމެދުގައި ކުރެވުނު ޒުވާބަކުން ކަމަށް ބުންޏެވެ.

ފިރިހެން މީހާ ޑިމާންޑު ކުރަނީ ގެއްލުމުގެ ބަދަލު ހޯދުމަށާއި އޭނާއަށް ކަނޑައަޅާފައިވާ އަދަބު ކަމާ ބެހޭ ފަރާތްތަކުން ދިނުމަށެވެ.

މި މައްސަލައިގަ އަންހެން ވަނީ އެ އަމަލު ހިންގި ކަމަށް ފުލުހުންގެ ހާޒިރުގައި އެއްބަސްވެފައި އެވެ. އޭނާ ބުނީ ހޫނު ސައިޓެއް ފިރިމީހާ ގަޔަށް ޖެހީ އޭނާ ކުރަމުންދިޔަ ގެވެށި އަނިޔާއިން ސަލާމަތްވެވޭނެ އިތުރު ގޮތެއް ނެތުމުން އަމިއްލަ ދިފާއުގައި ކަމަށެވެ.

މި މައްސަލައިގަ ގާނޫނީ ވަކީލަކު މީޑިއާގައި ބުނީ އެ ފިރިހެން މީހާ އެދޭ ބަދަލު ސައުދީ ގާނޫނުތައް ބުނާގޮތުން ނަގައި ނުދެވޭނެ ކަމަށެވެ. އެއީ އެ މައްސަލައިގަ ދެ މީހުންގެ ކުށް އޮތުމުން ކަމަށް ބުނެފައިވެ އެވެ.

ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އަހަރު ސައުދީގައި ދެމަފިރިން ދެމެދުގައި ޖެހޭ މިފަދަ 92،000 އަށްވުރެ ގިނަ މައްސަލަ ފުލުުހުންނަށް ހުށަހަޅާފައިވެ އެވެ.

Like
Like Love Haha Wow Sad Angry
1
%d bloggers like this: