ހުޅުމާލޭގައި ހަދާ 2 ވަނަ ކޮވިޑު ފެސިލިޓީއަށް ރައީސް ޒިޔާރަތް ކުރައްވައިފި
ހުޅުމާލޭގައި ކޮވިޑް-19 ގެ ބަލިމީހުންނަށް ޚާއްޞަކޮށްގެން މިހާރު ތައްޔާރުކުރަމުންދާ މެޑިކަލް ފެސިލިޓީ އިމާރާތަށް، ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޒިޔާރާތްކުރައްވާ އެތަނުގެ ހާލަތު ބައްލަވާލައްވައިފި އެވެ.
މި އިމާރާތަކީ މީގެކުރިން ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުންއައި އިމާރާތެކެވެ.
ރައީސުލްޖުމްހޫރިއްޔާ މި އިމާރާތަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް މި އިމާރާތާއި ގުޅޭ މަޢުލޫމާތު ދެއްވުމަށް، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާޠިފް ބައިވެރިވެވަޑައިގެންފައި ވެއެވެ.
މީގެ އިތުރުން ޕްލޭނިންގ މިނިސްޓްރީގެ އިސްވެރިންވެސް ވަނީ މި އިމާރާތާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ބައެއް މައުލޫމާތު ދެއްވާފަ އެވެ.
His Excellency President @ibusolih has toured and inspected the distribution center in Hulhumalé currently being converted to a COVID-19 medical facility. pic.twitter.com/jmRWjq5aWp
— Urbanco (@hdcmaldives) June 13, 2021